29 Jul 2026
ފީފާ ވޯލްޑް ކަޕް ހިންގުމަށް 20 ބިލިއަން ޑޮލަރުގެ ކުންފުންޏެއް އުފައްދަނީ
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން ބާއްވާ ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތައް ހިންގުމަށްޓަކައި 20 ބިލިއަން ޑޮލަރުގެ އަގުހުރި ސަބްސިޑިއަރީ ކުންފުންޏެއް އުފައްދައި، އޭގެ 20 އިންސައްތަ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށް ނިންމައިފިއެވެ.
28 Jul 2026
ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޒިނެދީން ޒިދާން
ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން އެ ގައުމުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ޒިނެދީން ޒިދާން މިއަދު އައްޔަންކޮށްފިއެވެ. ޒިދާން މި މަގާމަށް އައްޔަންކުރީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން، ކުރިން އެ މަގާމުގައި ހުރި ޑިޑިއޭ ޑެޝޯމްގެ ބަދަލުގައެވެ.
28 Jul 2026
ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް
ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިނާމު ފައިސާގެ ގާތްގަނޑަކަށް 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
25 Jul 2026
ރިއަލް މެޑްރިޑުން އެންމެފަހުން ރޮޑްރީ ހޯދުމުގެ މަސައްކަތް ފަށައިފި
މެންޗެސްޓަރ ސިޓީއާއެކު ރޮޑްރީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ 12 މަސް ދުވަސް އޮތް ނަމަވެސް، އޭނާ އެ ކްލަބުގައި މަޑުކުރުވުމަށްޓަކައި އާ އެއްބަސްވުމެއްގައި ސޮއިކުރުވަން ސިޓީން ވަރަށް ބޮޑަށް ބޭނުންވެއެވެ
21 Jul 2026
އާޖެންޓީނާ ކުޅުންތެރިން ތަޅާފޮޅި މައްސަލަ ފީފާއިން ބަލަނީ
ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕް ފައިނަލް މެޗުން ސްޕެއިން އަތުން 1-0 އިން ބަލިވުމަށްފަހު، އާޖެންޓީނާގެ ބައެއް ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުން ދެއްކި ނޭދެވޭ އަމަލުތައް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ތަހުގީގު ކުރަން ނިންމައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
20 Jul 2026
އާޖެންޓީނާ ބަލިކޮށް ސްޕެއިން ވަރލްޑްކަޕްގެ ޗެމްޕިއަންކަން ހޯދައިފި
މުޅި މެޗްގައިވެސް މޮޅަށްކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ސްޕެއިން އެވެ
19 Jul 2026
ފްރާންސްގެ ކޯޗުކަމުން ވަކިވި ޑިޝޯމްޕްއަށް އެމްބާޕޭގެ އަސަރުގަދަ ވަދާއީ މެސެޖެއް
އެމްބާޕޭގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ ކޯޗާއެކު "ޓީމުގެ ފަހު ނެށުން" ކަމަށާއި، ކޯޗުގެ ފަރާތުން ޓީމަށް ގިނަގުނަ ޚިދުމަތްތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކޯޗަށް މިއަށްވުރެ ރަނގަޅު ވަދާއެއް ދެވުނުނަމަ އޭނާ އުފާވީސް ކަމަށާއި، ނަމަވެސް އެކަމުގައި ޓީމު ނާކާމިޔާބުވެފައިވާކަން އެމްބާޕޭ ފާހަގަކުރިއެވެ.
19 Jul 2026
ވަރލްޑްކަޕްގައި އެންމެގިނަ ލަނޑު ޖެހުމުގެ ރެކޯޑް އެމްބާޕޭއަށް
އެމްބާޕޭގެ އެންމެ ފުރަތަމަ ވަރލްޑްކަޕަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވަރލްޑްކަޕް މުބާރާތެވެ. އެފަހަރުގެ މުބާރާތުގައި އެމްބާޕޭ ވަނީ 4 ލަނޑު ޖަހާފައެވެ. އެއަށްފަހު، 2022 ވަނަ އަހަރު ޤަތަރުގައި ބެއްވި މުބާރާތުގައި އޭނާ ވަނީ 8 ގޯލް ޖަހާފައެވެ.