ރޮނާލްޑީނިއޯ އިންޑިއާގައި.. ފޮޓޯ: އެންޑީ ސްޕޯޓްސް
ކުޅިވަރު
23 Sep 2026 | 07:30
މެސީއަށްފަހު ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯވެސް އިންޑިއާއަށް

ދައްކާލުމުގެ ހާއްސަ މެޗްތަކެއް ކުޅުމަށް ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ އިންޑިއާއަށް ޒިޔާރަތްކޮށްފިއެވެ.

ރޮނާލްޑީނިއޯ އާއި އޭނާގެ ޓީމް އިންޑިއާއަށް މި ކުރާ ދަތުރުގައި، އިންޑިއަން އޯލް-ސްޓާސްއާ ދެކޮޅަށް ކުޅޭ "ރިޓާން އޮފް ދަ ޓައިޓަންސް" ކެރެލާ އެޑިޝަން 2026' އެގްޒިބިޝަން ފުރަތަމަ މެޗް އޮންނާނީ، މިއަދު ޖަވާހަރްލާލް ނެހުރޫ އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ. 

ރޮނާލްޑީނިއޯ ލީޑްކުރާ ޓީމުގައި ކުރީގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިންނާއި ބައިނަލްއަގުވާމީ ތަރިން ހިމެނެއެވެ. އޭގެ ތެރޭގައި ރިވާލްޑޯ، އެޑްމިލްސަން، ޕައުލޯ ސާޖިއޯ، ޖިއޮވާނީ، ރޮކޭ ޖޫނިއާ، ވިއޯލާ، ގޯމޭޒް، އަމަރާލް، ގުސްޓާވޯ ނެރީ، ރިކާޑޯ އޮލިވޭރާ، ޖޯޖީނިއޯ، ކަމަންޑުކައިއާ، އެލިވެލްޓަން، ސޫޒާ، ޕާރާ އަދި ދިއޯގޯ ހިމެނެއެވެ. މި ޓީމްގެ މެސެޖަކީ "ލެޖެންޑްސް. ޕެޝަން. ފުޓްބޯޅަ. ކެރެލާ ވެލްކަމްސް ދަ ޓައިޓަންސް" އެވެ.

އިންޑިއާ އޯލްސްޓާ ޓީމްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ބައިޗުން ބުޓިއާ އެވެ. އޭގެ އިތުރުން މި ޓީމްގައި ކެރެލާގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ އައި.އެމް ވިޖަޔަން، ސީ.ކޭ ވިނީތު، މުހައްމަދު ރަފީ، ޖޯ ޕޯލް އަންޗޭރީ އަދި ރީނޯ އަންޓޯ ހިމެނެއެވެ. މި ޓީމްގެ މެސެޖަކީ "ވަން ނޭޝަން. ވަން ޕެޝަން. ވިޓްނެސް ދަ ލެޖެންޑްސް އިން ކެރެލާ" އެވެ.

މި މެޗަށް ޖަވާހަރްލާލް ނެހުރޫ އިންޓަނޭޝަނަލް ސްޓޭޑިއަމްގެ ސަލާމަތީކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. އަދި މަގުތަކުގެ ޓްރެފިކް ފްލޯއަށް ވަނީ ބޮޑެތި ބަދަލުތައް ގެނެސްފައެވެ. ރޮނާލްޑީނިއޯގެ މި ދަތުރުގައި ކެރެލާގެ ބައެއް އެކަޑަމީތަކުން ބާއްވާ މުބާރާތްތައް އިފްތިތާހްކުރުމާއި ޗެރިޓީ އިވެންޓްތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. 

ރޮނާލްޑީނިއީ އިންޑިއާއަށް ޒިޔާރަތްކުރިއިރު މީގެ ކުރިން ލިއޮނެލް މެސީވެސް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެޤައުމަށް ޒިޔާރަތްކޮށްފައެވެ. ގޯޓް އިންޑިއާ ޓްއާ ނަމުގައި ކުރި މި ދަތުރުގެ އިންތިޒާމުތައް ދަށްވުމާއި ސިޔާސީ މީހުންނާއި ސެލެބްރިޓީންގެ އަމަލުތައް ހުރިގޮތުން ޓްއާގެ އެންމެ ހާއްސަ އެއް އިވެންޓް ނިމުނީ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާން މުޅިން ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ނަމަވެސް، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތަކާއެކު އަވަސް މުއްދަތެއްގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އިޝާރާތެއްވެސް އޭނާ ވަނީ ދީފައެވެ.
23 Sep 2026
ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯވެސް އިންޑިއާއަށް
ރޮނާލްޑީނިއޯ އާއި އޭނާގެ ޓީމް އިންޑިއާއަށް މި ކުރާ ދަތުރުގައި، އިންޑިއަން އޯލް-ސްޓާސްއާ ދެކޮޅަށް ކުޅޭ "ރިޓާން އޮފް ދަ ޓައިޓަންސް" ކެރެލާ އެޑިޝަން 2026' އެގްޒިބިޝަން ފުރަތަމަ މެޗް އޮންނާނީ މިއަދު ޖަވާހަރްލާލް ނެހުރޫ އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ.
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ