ޔުމްނު ވެއްޓުނު ހާދިސާ
17 Jun 2025
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގު ރިޕޯޓު ރައީސަށް އަރުވައިފި
އޭޕްރީލް 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން, ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ނަމަކަށް ކިޔާ އަންހެންމީހާ ވެއްޓުނު ހާދިސާއާ ގުޅޭ ތަހުގީގު ހިންގުމަށް އުފެއްދި އިންކުއަރީ ކޮމިޝަނުން، އެ މަސައްކަތް ނިންމައި، އޭގެ ފައިނަލް ރިޕޯޓް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
10 Jun 2025
ރައުދުއަށް ދައުވާ ކޮށްފި، އަދަބަކީ އެންމެ މަހެއް
2025 އެޕްރީލް 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލާގައި ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
01 Jun 2025
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ އިންކުއަރީ ރިޕޯޓު ދެ ހަފުތާ ތެރޭ ހުށަހެޅޭނެ
މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން, ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ނަމަކަށް ކިޔާ އަންހެންމީހާ ވެއްޓުނު ހާދިސާއާ ގުޅޭ ތަހުގީގު ނިންމައި، އޭގެ ފައިނަލް ރިޕޯޓް ދެ ހަފުތާ ތެރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ހުށަހެޅޭނެ ކަމަށް މައްސަލަ ތަހުގީގު ކުރުމަށް އުފައްދާފައިވާ އިންކުއަރީ ކޮމިޝަނުން ބުނެފިއެވެ.
27 May 2025
ރައުދު ދޫކޮށްލަން އެދުނީ އަދަބަށް ވުރެ ބަންދުގެ މުއްދަތު އިތުރުވުމުން
އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް, ހައްވާ ޔުމްނު ނަމަކަށް ކިޔާ އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލް ބަންދުން ދޫކޮށްލަން ނިންމީ ތުހުމަތުވާ ކުށުގެ އަދަބަށްވުރެ ބަންދުގެ މުއްދަތު އިތުރުވުމުން ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
27 May 2025
ރައުދު ބަންދުން ދޫކޮށްލައިފި
އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލް ބަންދުން ދޫކޮށްލައިފިއެވެ.
26 May 2025
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
މާލޭގެ އިމާރާތެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
15 May 2025
ނުފޫޒު ފޯރުވަން ޖެހޭވަރު މީހަކަށް މައްސަލައިގައި ތުހުމަތުކޮށްފައެއް ނެތް: އަމީން
މިދިޔަ މަހު ގެޔެއްގެ ފުރާޅުމަތީން ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަން ޖެހޭ ވަރުގެ އެއްވެސް މީހަކަށް ތަހުގީގީ އިދާރާތަކުން ތުހުމަތުކޮށްފައި ނުވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
15 May 2025
ޔުމްނު ވެއްޓުނު މައްސަލަ ބަލާ ކޮމިޝަންގެ ބާރުތައް ބަޔާންކޮށް، ގަވައިދެއް
އޭޕްރިލްމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ހައްވާ ޔުމްނު ނަމަކަށް ކިޔާ 21 އަހަރުގެ ޒުވާން އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ އާއި ގުޅިގެން އުފެއްދި އިންކުއަރީ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށް، އެ ކޮމިޝަންގެ ހިންގާ ގަވައިދު އެކުލަވާލައިފި އެވެ.