ރައުދުގެ ބޭބެ ދާއޫދު --
ހަބަރު
17 Jun 2025 | 19:37
ރައުދުގެ ބޭބެ ދާއޫދާއި އޭނާގެ ރައްޓެހިގެން ދޮގު ބަޔާން ދިން: ކޮމިޝަން

`އޭޕްރީލު 18، 2025 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލާއިގެ ތަހުގީގަށް ބައެއް މީހުން ދޮގު މައުލޫމާތު ދީފައިވާ ކަމަށް އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އުފެއްދި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަނުގެ ރިޕޯޓްގައި ބުނެފި އެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި -- 5:38 އެހާކަންހާއިރު ރައުދު އަހްމަދުއާ އޭނާގެ ބޭބެ ދާއޫދު އަހްމަދު ދިމާވެފައިވާ ކަމަށާ ހ. މާއިރާއަށް ރައުދު ވަދެފައިވަނީ އަމިއްލައަށް ކަމަށާ ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކަށް މި މައްސަލައިގެ ހާދިސާއާ ގުޅޭގޮތުން މުއާމަލާތް ކޮށްފައިނުވާ ކަމަށާ ރައުދު, ޔުމްނު ވެއްޓުމާއި ބެހޭ އެއްވެސް ވާހަކައެއް ދާއޫދު ގާތުގައި ބުނެފައި ނުވާނެ ކަމަށް ފުލުހުންގެ ތަހުގީގަށް ބަޔާން ދީފައިވާ ކަމަށެވެ.

ނަމަވެސް އެ ދުވަހުގެ އެކި ވަގުތުތަކުގައި މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީ މިިނިސްޓަރު އަލީ އިހްސާންއާ މުއާމަލާތްކޮށް ވާހަކަ ދައްކާފައިވާ ކަމަށާ ރައުދު ބަލާ, ދާއޫދު ހ. މައިރާގެ ތިރިއަށް ފޭބިކަން ދާއޫދުގެ ދެ ރައްޓެހިން ކަމަށްވާ މުހައްމަދު އިޔާން އާއި ސާއިފް މުހައްމަދު ބުނެފައިވާ ކަމަށެވެ.

އަދި ދާއޫދު މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހިދުމަތަށް ދިން ބަޔާންއާ އެ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު ތަހުގީގަށް ދޮގު ބަޔާން ދީފައިވާކަން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ދާއޫދާއި އޭނާގެ ރައްޓެހިންގެ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާ އެ މީހުން ތަހުގީގީ އިދާާރާތަކަށް ދޮގު ބަޔާން ދީފައިވާތީ އެއީ ކަމެއް ސިއްރުކުރަން ކުރި ކަމެއް ކަން ފާހަގަ ކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ހާދިސާ ހިނގިއިރު ދާއޫދު ހުރީ "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސްގެ މަގާމުގަ އެވެ. އެ ހާދިސާގެ މައްސަލަ ފެންމަތިވެ ޕްރެޝަރު ބޮޑުވުމުން އިސްތިއުފާ ދިނީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.