ވަޒީރު މުޙައްމަދު އަމީން: ފޮޓޯ/ މަޖިލިސް
ހަބަރު
15 May 2025 | 16:10
ނުފޫޒު ފޯރުވަން ޖެހޭވަރު މީހަކަށް މައްސަލައިގައި ތުހުމަތުކޮށްފައެއް ނެތް: އަމީން

އޭޕްރީލް މަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ކިޔާ އަންހެނަކު  ވެއްޓުނު މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަން ޖެހޭ ވަރުގެ އެއްވެސް މީހަކަށް ތަހުގީގީ އިދާރާތަކުން ތުހުމަތުކޮށްފައި ނުވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ މައްސަލާގައި އޭނާގެ ތިމާގެ މީހަކަށް ތުހުމަތު ކުރެވޭ ކަމަށް މިހާތަނަށް ތަހުގީގީ އިދާރާތަކުން ހާމަކޮށްފައި ނުވާ ކަމަށެވެ. 

އަމީން ވިދާޅުވީ، މއ. މާންދޫގެ ދެކުނު އަކީ އޭނާ އެކަނި ދިރިއުޅޭ ގެ ނޫން ކަމަށެވެ. އަދި އެތަނަކީ އޭނާގެ އިތުރުން އިތުރު ތިން މީހެއްގެ ނަން މަތީގައިވާ ތަނެއް ކަމަށާ އެހެންކަމުން އެ އިމާރާތުގައި ކުރެވޭ ކުށެއްގެ ޒިންމާ އޭނާ ވަކި މަގާމެއްގައި ހުރުމުން ނަގަންޖެހޭ ކަަމަށް ދެކުމަކީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އަމީން ވިދާޅުވުއެވެ. 

އެތައް ބަޔަކު އިމާރާތްތަކެއް މިލްކުކުރާ ޙާލަތެއްގައި އެ އިމާރާތްތަކުގައި ޖިނާޢީ ކުށެއް ކޮށްފިނަމަ އޭގެ ޒިންމާ ވަކި އޯނަރެއް، އޭނާ ވަކި މަގާމެއް އަދާކުރާތީ ނަގަންޖެހޭ ގާނޫނީ ނުވަތަ ބުއްދީގެ ހުއްޖަތެއް ނެތް. 

އަމީން

މިއާއެކު އަމީން ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން ބައެއް ކަންކަން އަމީން ސިއްރުކުރައްވާފައިވާ ކަމަށް މައްސަލައިގައި ބުނެފައިވާއިރު، ކަމެއް ސިއްރުކޮށްފައި ވާކަމަށް ވިދާޅުވާ ނަމަ، އެކަމެއް އަދި ސިއްރުކުރަން ކުރި ކަމެއް ސާފުކޮށްދެއްވަންވާނެ ކަމަށް ގަބޫލު ކުރައްވާކަމަށެވެ. 

މީގެ އިތުރުން، ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅުވައި އަމީންގެ ތިމާގެ ނުވަތަ ޢާއިލީ މަޞްލަޙަތު ހިމެނޭ ފަރާތެއް ބައިވެރިވާ ކަމުގެ ތުހުމަތު ވެސް އެއްވެސް އިދާރާއަކުން ކޮށްފައި ނެތީސް އެފަދަ އިދާރާއަކުން ކުރާ ތަޙުޤީޤަކަށް ނުފޫޒު ފޯރުވަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް އަމީން ވަނީ ވިދާޅުވެފައެވެ.

"ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް ނެތް. ބަހުސްގެ ބޭނުމަށް އެ ހާދިސާއަށް އަޅުގަނޑުގެ ތިމާގެ ނުވަތަ ޢާއިލީ މަޞްލަޙަތު އޮތް ފަރާތަކާ ގުޅުވި ނަމަވެސް، އެއީ ބޮޑެތި މީހުން. އަމިއްލަ ކަންކަމަށް އަމިއްލައަށް ޒިންމާ ނަގަންޖެހޭ ފަރާތްތައް. އަޅުގަނޑުގެ ދަރިންނެއް ނޫން އަޅުގަނޑުގެ އަތްބެއް ނޫން. އަޅުގަނޑުގެ މައިންބަފައިންނެއް ނޫން. އަދި އަޅުގަނޑު ބަލަހައްޓާ ފަރާތެއް ވެސް ނޫން"، އަމީން ވިދާޅުވިއެވެ.

ހަމަ އެހެންމެ، ޔުމްނު ވެއްޓުނު މައްސަލައިގައި ކުރީގެ ފުލުސް ކޮމިޝަނަރު އަލީ ޝުޖާއަށް އަމީން ގުޅުއްވި ކަމަށާ، ކޮމިޝަނަރަށް ގުޅުއްވީ އޭނާ ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން އަންނަން ކޯޓު އަމުރެއް ބޭނުންނުވާނެ ވާހަކަ ދަންނަވަން ކަމަށް އަމީން ވިދާޅުވިއެވެ. ނަމަވެސް ޝުޖާޢު ފޯނު ނުނެންގެވި ކަމަށް އަމީން ވިދާޅުވިއެވެ. 

އަމީން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން އޭނާއަށް ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.