އިންކުއަރީ ކޮމިޝަންގެ މެންބަރުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
01 Jun 2025 | 11:16
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ އިންކުއަރީ ރިޕޯޓު ނިންމައި ދެ ހަފުތާ ތެރޭ ރައީސަށް ހުށަހަޅަނީ

މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން, ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ނަމަކަށް ކިޔާ އަންހެންމީހާ ވެއްޓުނު ހާދިސާއާ ގުޅޭ ތަހުގީގު ނިންމައި، އޭގެ ފައިނަލް ރިޕޯޓް ދެ ހަފުތާ ތެރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ހުށަހެޅޭނެ ކަމަށް މައްސަލަ ތަހުގީގު ކުރުމަށް އުފައްދާފައިވާ އިންކުއަރީ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސައްކަތް މިހާރު ނިމެން ގާތްވެފައިވާ ކަމަށެވެ. 

އަދި ކުރިއަށް އޮތް ދެ ހަފުތާއެއް ތެރޭ، ކޮމިޝަނުން އެ މައްސަލައިގައި ތައްޔާރުކުރާ ރިޕޯޓު ރައީސްއާ ހިއްސާ ކުރެވޭނެކަމަށް އުންމީދުކުރާ ކަމަށް ބުނެފައިވެއެވެ.

ޔުމްނު ވެއްޓުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކުރުމަށް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މި ކޮމިޝަނުން ދާދިފަހުން، މި މައްސަލާގައި ހިމެނޭ ރައުދު އަހުމަދު ޒިލާލް އާވެސް ވަނީ ސުވާލު ކޮށްފައެވެ. ރައުދު އަކީ ޔުމްނު ވެއްޓުމާ ޖެހެންދެން ފަހުވަގުތާ ހަމައަށް އޭނާއާއެކު އުޅުނު މީހާއެވެ. 

މީގެ އިތުރުން، އެ ކޮމިޝަނުން ވަނީ މި މައްސަލައާއި ގުޅުން ހުރި ތަންތަނަށްވެސް ޒިޔާރަތް ކޮށްފައެވެ.

ކޮމިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުން، ކޮމިޝަނުން މަސައްކަތް ކުރާނީ ވީހާވެސް އަވަހަށް މައްސަލައިގެ ތަހްގީގު ނިންމައި ރިޕޯޓް ރައީސް މުޢިއްޒަށް ހުށަހެޅުމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.