27 Jul 2020 | 22:48
މީގެފަހުން ރިލީޒް ސާމްޕަލް ނަގަން ގެއަށް ނުދާނެ!

ކޮވިޑް-19 އާއި ގުޅިގެން ގޭގައި ކަރަންޓީން ކުރެވިފައިވާ ތިބޭ ފަރާތްތައް ދޫކޮށްލާއިރު ނަގަންޖެހޭ ސާމްޕަލް ނެގުމަށް މީގެ ފަހުން ގެއަށް ނުދާނެކަމަށް ހާމަކޮށްފިއެވެ.

ރޭ އޮތް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ މިއަދުން ފެށިގެން މާލޭގައި ގޭގައި ކަރަންޓީން ކުރެވިފައިވާ ފަރާތްތަކުގެ ރިލީޒް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާނީ މާފަންނު މަދަރުސާގައި ކަމަށެވެ.

އެގޮތުން ސާމްޕަލް ނަގަން ދާން ޖެހުމުން އެޗްޕީއޭގެ ފަރާތުން މެސެޖެއް ނުވަތަ ފޯންކޯލެއް އަންނާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މިފަދައިން އަންނަ އިރުގައިވެސް އާންމު ދަތުރުފަތުރުގެ ނިޒާމެއް ބޭނުން ނުކުރުމަށާއި، މާސްކް އަޅައި ގައިދުރުކަން ތަންފީޒުކުރުމަށް ނަޒްލާ އިރުޝާދު ދެއްވިއެވެ.

ޑރ.ނަޒްލާ އިތުރަށް ވިދާޅުވި ގޮތުގައި މާލޭގައި ރިލީޒް ސާމްޕަލް ނެގުމަށް މާފަންނު މަދަރުސާއަށް ދާންޖެހޭ ގޮތަށް ހަމަޖެހުނު ކަމުގައިވިޔަސް، ބަލި ހާލަތާއި އުމުރު ހުރިގޮތުން އެތަނަށް ނާދެވޭ ފަރާތްތަކުގެ ސާމްޕަލްތައް ނެގުމަށް ރެޕިޑް ރެސްޕޮންސް ޓީމްތަކުން ގެތަކަށް ދާނެއެވެ.

އަދި ހުޅުމާލެއާއި ވިލިމާލޭގައިވެސް މިހާތަނަށް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ އާރްއާރްޓީތަކުން ކަމަށް މައުލޫމާތު ދެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.