މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން... ފޮޓޯ: މަޖިލިސް
ހަބަރު
01 Jul 2025 | 21:50
އެމްއެފްޑީއޭގެ އުސޫލުތައް ހުރިގޮތުން ބައެއް ބޭސްތައް އެތެރެ ނުކުރެވިފައި

ބޭސް އެތެރެކުރުމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ބައެއް އުސޫލްތައް ހުރިގޮތުން އެއްބަޔަކު ގެންނަ ބޭސްތައް އަނެއްބަޔަކަށް ނުގެނެވޭތީ ބޭނުންވާ ބޭސްތައް ހަމަކުރުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ބޭސް ލިބުމުގެ ދަތިތަކާ ގުޅިގެން ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މިއަދު ސަރުކާރުގެ ކަމާބެހޭ އިދާރާތައް ހާޒިރުކުރިއިރު، ކޮމިޓީއަށް ވަޑައިގެންނެވި ބޭފުޅުން ވަނީ ބޭސް ލިބުމުގައި ދަތިތައް ކުރިމަތިވާ ސަބަބުތައް ސާފުކޮށްދެއްވާފައެވެ. މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، އެސްޓީއޯއިން އެތެރެކުރަނީ ރާއްޖެއަށް ގެންނަ ބޭހުގެ 30 އިންސައްތަ ކަމަށާއި، ބޭސް އެތެރެކުރުމުގެ އުސޫލްތައް އޮންނަގޮތުން އެއްބަޔަކު ގެންނަ ބޭހެއް އަނެއް ބަޔަކަށް ގެނައުމުގެ ހުއްދަ ނުލިބޭކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީގެ އެ އުސޫލު އެގޮތަށް އޮތުމުގެ ސަބަބުން އެއީ ކިތަންމެ ބޭނުންބޮޑު ބޭހަކަށްވިނަމަވެސް އެހެން ބަޔަކު އެ ބޭސް އެތެރެކުރާނަމަ، އެސްޓީއޯއަށް އެ ބޭހެއް ގެނައުމުގެ ހުއްދަ ނޯންނަކަމަށާއި، ދެން ޖެހެނީ އެ ބޭހާ ވައްތަރު އެހެން ބޭހެއް ހޯދަންކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ. މިއީ ކޮންމެހެން ބޭނުންވާ ބޭސްތައް އެތެރެކުރަން ބަލާއިރު އެސްޓީއޯއަށް އޮތް ގޮންޖެހުމެއްކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ. ނަމަވެސް ޑޮކްޓަރުންނާ ވާހަކަދައްކައިގެން އެ ބޭސްތަކާ އެއްފަދަ (ޖެނެރިކް) އެހެން ބޭސްތައް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޝިމާދު ވިދާޅުވިއެވެ.

މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން... ފޮޓޯ: މަޖިލިސް

މި ކޮމިޓީގައި ވާހަކަދައްކަވަމުން އެސްޓީއޯ މެޑިކަލް ސާވިސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ނިއުޝާދު ވިދާޅުވީ އަސާސީ ބޭސްހަމަކުރުމަށް ކުރެވުނު މަސައްކަތްތަކުން މާޗްމަސް ނިމުނުއިރު ފަސް ބޭހެއް ފިޔަވައި އެހެން ހުރިހާ ބޭހެއް ހަމަކުރެވުނުކަމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް އެ ބޭސްތަކުގެ ސްޓޮކް ގެންނަން މަސައްކަތްކުރިއިރު، ގެންނަން އުޅުނު އަދަދަށް ސަޕްލަޔަރުންގެ އަތުން ބޭސް ނުލިބުނުކަން ނިއުޝާދު ފާހަގަކުރެއްވިއެވެ.

އެމްއެފްޑީއޭގެ ލިސްޓްގައި 1400 ވަރަކަށް ބޭސް އުޅޭއިރު އޭގެ ތެރެއިން 1000 ބޭސް ހަމަކުރެވިފައިވާކަމަށާއި، ބާކީ ބޭސްތައް އެތެރެކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންގެންދާކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ވަނީ ބޭސްލިބުމުގައި އޮތް ދަތިކަމަށް ހައްލެއް ލިބޭނެ ތާރީހެއް ބުނެދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެން ސުވާލުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް