މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން ނިންމައިފި

27 Jul 2020 | 20:04

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މާލޭ ސިޓީގައި ބޮޑު ޖަމާއަތުގައި ނަމާދު ނުކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވި ގޮތުގައި މިފަހަރުގެ އަޟްހާ އީދާއި ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމެއް ނޯންނާނެއެވެ. ނަމަވެސް ހުކުރު ނަމާދު ކުރެވޭ މިސްކިތްތަކުގައި އީދު ނަމާދު ކުރުން އޮންނާނެކަމަށް އެ މިނިސްޓްރީން ހާމަކުރިއެވެ.

މީގެ އިތުރުން ރަށްރަށުގައި އީދު ނަމާދު ކުރުމާއި މެދު ގޮތެއް ނިންމާނީ އެރަށެއްގެ ކައުންސިލުންނެވެ.

ދިވެހިރާއްޖެއަށް އަޟްހާ އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. މި އަހަރުގެ ދެ އީދާއި ވެސް ދިވެހިން ކުރިމަތިލާން މި ޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް

Advertisement