31 Jul 2020 | 22:17
ފައްޅި ރާއްޖޭގައި އެބަހުރި، ފުލުހުން މިކަމުގެ ތަފްސީލް ހާމަކޮށްދެއްވާ: ރައްޔިތުންގެ ގުޅުން

އިސްލާމް ދީން ނޫން އެހެން ދީންތަކުގެ އަހުލުވެރިން އަޅުކަން ކުރުމަށް ބޭނުންކުރާ ފައްޅި ރާއްޖޭގައި ހުރިކަން ހާމަވާކަމަށް ރާއްޖޭގެ މަދަނީ ގިނަ ޖަމިއްޔާތަކަކުން އެއްވެގެން އުފައްދާފައިވާ ޤައުމީ ޙަރަކާތް "ރައްޔިތުންގެ ގުޅުން" ގެ ފަރާތުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ ގުޅުމުގެ ނަމުގައި ގިނަ ޖަމިއްޔާތަކެއް ގުޅިގެން ފަށާފައިވާ މިގުޅުމުން މިކަން ހާމަކޮށްފައިވަނީ އިއްޔެ ޝީ ބިލްޑިންގގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިބައްދަލުވުމުގައި އިސްވެ ވާހަކަ ދައްކަވާފައިވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް ނަޝީދާ ދެކޮޅަށް ނިކުންނެވި އިބްރާހީމް މުޙައްމަދުއެވެ.

އިބްރާހީމް މުޙައްމަދު ހާމަކުރެއްްވި ގޮތުގައި، ފާރެއް ރޭނިފައި ނެތްނަމަވެސް ނުވަތަ ނަންބޯޑެއް ހަރުކުރެވިފައި ނެތްނަމަވެސް، ޣައިރު މުސްލިމުން އަޅުކަންކުރަން ބޭނުންކުރާ ފައްޅީގެ ގޮތުގައި ބެލެވޭނެ ތަންތަން ރާއްޖޭގައި އެބަހުރިކަމަށް އެ ޖަމިއްޔާތަކުން މިހައިތަނަށް ހޯދި ހޯދުންތަކުން ހާމަވެފައި ވާކަމުގައެވެ.

ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް އަދި އޮތްގޮތުން ރަސްމީ ސިފައެއްގައި ހުއްދަ ނުދެވޭނެތީވެ ނަންބޯޑު އެޅުވުމަށް ނުކުޅެދިފައި ވިއަސް، އޮފީސްތަކާއި ގެސްޓް ހައުސް ފަދަ ތަންތަނުގައި ފައްޅިކަމަށް ބެލެވޭނެ އަޅުކަންކުރެވޭ ތަންތަން އެބަހުރިކަމަށް އެ ޖަމިއްޔާތަކަށް ހޯދިފައިވާ ހޯދުންތަކަށް ބިނާކޮށް އިބްރާހީމް މުޙައްމަދު ތުހުމަތު ކުރެއްވިއެވެ.

އިބްރާހިމް މުހައްމަދު ވަނީ އެ ޖަމިއްޔާތަކުން ހޯދުމަށްފަހު މިކުރާ އެތުހުމަތުތައް ތަޙްޤީޤު ކުރަށްވައި، ދޮގު ނުވަތަ ތެދުކަންވެސް އިތުރަށް ތަފްޞީލުކޮށް ހާމަކޮށްދެއްވައި ކަށަވަރު ކޮށްދެއްވުމަށް ފުލުހުންނަށް ގޮވާލަށްވާ ކަމަށެވެ. އަދި ޖަމިއްޔާތަކުގެ އެ ގުޅުމުގެ ފަރާތުން ތަފްޞީލު ހާމަކުރަށްވާނީ، އެ ޖަމިއްޔާތަކުގެ އިތުރު ހޯދުންތަކާއެކު ފައިނަލް ރިޕޯޓު ނިންމުމަށް ފަހުގައިކަންވެސް މިއަދުގެ ބައްދަލުވުމުގައި އިބްރާހީމް މުޙައްމަދު އިތުރަށް ވިދާޅުވިއެވެ.



ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.