29 Jul 2020 | 18:58
"ތޮއްޖައްސާ" އިމާރާތްތަކެއްހެއްޔެވެ؟ ނުވަތަ ތޮއްޖެހިފައިވާ ރަށަކަށް އޮތް ހައްލު ހެއްޔެވެ؟

ހިޔާ މަޝްރޫއާ ގުޅޭގޮތުން އަނެއްކާވެސް އާވާހަކައެއް ދެކެވެން ފަށައިފިއެވެ. ތޮއްޖެއްސުމުގެ ވާހަކައެވެ. އެގޮތުން އާކިޓެކްޗަރަލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރުނު ރިޕޯޓަކާއި ގުޅިގެން ހިޔާ މަޝްރޫއަކީ ތޮއްޖެހުންބޮޑުވާގޮތަށް އިމާރާތްކުރެވިފައިވާ ތަނެއްކަމުގެ ވާހަކަ ދެކެވެން ފަށައިފިއެވެ. މާނައަކީ ކުޑަ ބިމުގެ ސަރަހައްދަކަށް ގިނަބަޔަކު ދިރިއުޅެންޖެހޭ ވާހަކައެވެ.

ތޮއްޖެހުން ބޮޑުވެގެން އުޅޭ ސަބަބު ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ރާއްޖޭގެ ގިނަބަޔަކަށް އަމިއްލަ ރަށުގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން މާލެ ސަރަޙައްދަށް ހިޖުރަކޮށްގެން އެތައްބަޔަކު އެބައުޅެއެވެ. އެގޮތުން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އަންދާޒާކޮށްފައިވާ 2020ވަނަ އަހަރު މުޅިރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ 379،270އަށް އަރާއިރު މާލެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންގެ އާބާދީ 159،990އަށް އަރައެވެ. އެހެންކަމުން މުޅިރާއްޖޭގެ %42 ދިވެހިން ދިރިއުޅެނީ މާލެ ސަރަހައްދުގައެވެ. އެހެންކަމުން ތޮއްޖެހުން މިއީ އިމާރާތުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ނޫންކަން ދޭހަވެއެވެ.

މާލެ ސަރައްދުގެ ބިން ކުޑަވެފައި އުޅޭ އާބާދީ ބޮޑީއެވެ. މާލެ ސަރަހައްދުގެ ބިން އިތުރުކުރުމަށްޓަކައި ވޭތުވެދިޔަތަނުގައި އައި ހުރިހާ ސަރުކާރަކުންވެސް ވަނީ މަސައްކަތްތަކެއް ކޮއްފައެވެ. އެގޮތުން މާލޭގެ ވަށައިގެން އޮތް ފަޅު ހިއްކުމައްފަހު، ހުޅުމާލެ ދެފިޔަވައްސެއްގެ ދަށުން ހިއްކާ، މިހާރު ގުޅިފަޅު ހިއްކުމުގެ މަސައްކަތްވެސްދަނީ ކުރެވެމުންނެވެ.

ދެން އުފެދޭ ސުވާލަކީ ތޮއްޖެހުން އިތުރުވާ މިންވަރަށް ބަލާފައި އިމާރާތްކުރާއިރު ގިނަ ބަޔަކަށް ކުޑަ ބިންކޮޅެއްގެ ބޭނުން ހިފޭގޮތަށް އިމާރާތްކުރާނީތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ. މާލޭގައި މިހާރު މިއުޅޭ 160ހާހެއްހާ މީހުން، އެންމެނަށް ވަކިވަކިން ކުދި އެޕާޓްމަންޓްދީ އުސް އިމާރާތް ހަދައިގެން "ތޮއްޖެހިގެން" އުޅެވޭވަރު ކުރާނީތޯ ނުވަތަ 10ހާހެއްހާ މީހުންނަށް އުޅެވޭ ފެންވަރުގެ "ތޮއްނުޖެހޭ" ބޮޑެތި ރީތި އިމާރާތްތައް އަޅާނީތޯ ނިންމާނީ ސަރުކާރުންނެވެ.

10ހާސް މީހުންނަށް އުޅެވޭވަރުގެ ރީތި މޮޅު އިމާރާތް އެޅިއަސް ރަށްރަށަށް އަނބުރާ ދެވޭނެ ގޮތެއް ނެތްނަމަ އެއްކަލަ 160ހާހެއްހާ މީހުންނަށް މަޖުބޫރުވާނީ ހަމަ މާލޭގައި ތޮއްޖެހިގެން އުޅޭށެވެ. ބިން ކޮށާ ކުދިކޮށް 160ހާސް މީހުންނަށް ފިތިބާރުވާހާ ބައިބަޔަށް ބަހާނެއެވެ. މިހާރު މިފެންނަ މާލެއަކީ އޭގެ ހެއްކެކެވެ.

މާލޭގައި ކުޑަ ބިންކޮޅެއް ގިނަބަޔަކަށް "ތޮއްޖެހިގެން" އުޅެވޭނެ ގޮތެއް، ޕްލޭންއެއް، އެކައްޗެއް ނެތް ނަމަވެސް ފިތިގެން ތޮއްޖެހިގެން އުޅެނީއެވެ. ހިޔާ ފްލެޓްގެ ޓަވަރެއް ހުރިވަރުގެ ބިންކޮޅެއްގައި މާލޭގައި އުޅޭ މީހުން އުޅެނީ ކިހިނެއް ކޮންހާލެއްގައިތޯ ބަލައިލާށެވެ. ހަތްގުނަ ތޮއްޖެހުން ކުޑަވެފައި ރަނގަޅުހެއްޔެވެ؟ މީޑިއާ ރިޕޯޓުތަކުގައި ބުނާފަދައިން ދެގޯތި ދެމެދުގައި ޕާކު އަޅައި ކަސްރަތުކުރާނެ ބިމެއް މާލެއަކުވެސް ނެތެވެ. ކީއްވެހެއްޔެވެ؟

ބަންޑާރަގޯތި ދޫކޮށްގެން ގޯތިލިބޭ މީހުންގެ އާއިލާގެ އަދަދުތައް ބިމުގެ ސަރައްދާއި ބަލާއިރު ހިޔާ ފްލެޓްގެ ޓަވަރުތަކަށްވުރެ އެތައް ގުނައެއް މަދުވާނެއެވެ. ވީއިރު މާލޭގެ ހުސްބިމާއި ޖާގައަށްވީ ކިހިނެއް ހެއްޔެވެ؟ މާލޭގެ އިމާރާތްތަކުގައި ހިޔާ ފްލެޓުގައި ހުރިވަރުގެ ވައިގޮޅިއާއި ކޮރިޑޯ ނެތީ ކީއްވެހެއްޔެވެ؟ އެނގި ސާފުވާ އެއްކަމަކީ ގިނަބަޔަކަށް ކުޑަ ބިންކޮޅެއްގައި އުޅެވޭނެފަދަ ޕްލޭންއެއް، އިމާރާތްތަކެއް މާލެ ސަރަހައްދުގައި ސަރުކާރުގެ އެހީގައި ނުދިހެދިއަސް މާލެ ސަރަހައްދަށް ބަރޯސާވާހިނދު ކުޑަ ބިންކޮޅެއްގައި ގިނަބަޔަކު ދަތިހާލުގައިވިޔަސް އުޅޭނެކަމެވެ. ތޮއްޖެހިގެން އުޅެވޭނެފަދަ ހައްލެއް ޕްލޭން ނުކުރި ނަމަވެސް، އުޅެން މަޖުބޫރުވަނީ ތޮއްޖެހިގެންކަމެވެ. ހިޔާ މަޝްރޫއަކީ ގިނަ އަދަދެއްގެ ބަޔަކަށް ކުޑަ ބިންކޮޅެއްގައި އުޅެވޭނެގޮތަށް ޕްލޭންކޮށްފައިވާ ޕްރޮޖެކްޓެކެވެ.

އެހެންވީމާ ތޮއްޖެސުމަށްވަނީ މިހާރު މިތިބަ މީހުން ކުޑަ ބިންކޮޅެއްގައި ގިނަބަޔަކަށް އުޅެވޭނެ ނިޒާމެއް ހޯދައިދިނީމާ ހެއްޔެވެ؟ އިމާރާތް ސަރުކާރުން ނޭޅިޔަސް ހިންގުމުގެ ނިޒާމު ރޭވިފައިވަނީ ތޮއްޖެހޭ ގޮތަށެވެ. ސަބަބަކީ "ތޮއްޖެހުންބޮޑު" އިމާރާތް ނެތަސް މާލެ ސަރަހައްދަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުނަށް އަނބުރާ ރަށްރަށައް ގޮސްގެން މަތީ ތަޢުލީމާއި ވަޒީފާއާއި ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތުމެވެ. ގިނަބަޔަކަށް މަޖުބޫރުވެފައިވަނީ ބޮޑު ކުއްޔެއް ބިންވެރިންނަށް ދައްކައިގެން އުމުރުދުވަހު "ތޮއްޖެހިގެން" ދިރިއުޅުމެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ރާއްޖޭގައި ދިރިއުޅޭ އާބާދީގެ އަންދާޒާ 2014-2054 ރިޕޯޓުގައިވާގޮތުން 2054ވަނަ އަހަރާ ހަމައަށްދާއިރު މާލޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ 356،243އަށް އަރާނެއެވެ. އެހެންކަމުން މާލެ ސަރަހައްދުގެ ކުޑަ ބިންކޮޅެއްގައި ދިރިއުޅެންޖެހިފައިވާ މިބޮޑު އާބާދީއަށް "ތޮއްނުޖެހޭ" ބިންބޮޑު ގަނޑުވަރުތަކެއްގައި އުޅެވެން ނެތްކަން އެބަ އެނގެއެވެ. މާލެ ސަރަހައްދަށް އެތައްބަޔަކު ބަރޯސާވާންޖެހިފައިވީހިނދު މިސަރަހައްދުން ލިބެންހުރި ބިމާއި ކުރިއަށްއޮތްތަނުގައި ދިރިއުޅޭނެ އާބާދީއަށް ބަލައި، ދަތިހާލުގައި ދިރިއުޅެން ޖެހިފައިވާ އާއްމު ރައްޔިތުންނަށް ހަޤީޤީ އަވަސް ހައްލުތަކެއް ދެއްކުމުގެ މުހިއްމުކަން އިންތިހާއަށް ބޮޑެވެ. ހިޔާ ކޮންސެޕްޓް ތޮއްޖެހުމުގެ ސަބަބުން ފެއިލްވެފައިވާކަމަށް ބުނާނަމަ އެއަށްވުރެ މޮޅު ރަނގަޅު ކޮންސެޕްޓަކާއި ތޮއްނުޖެހޭނެ ގޮތެއް ދެއްކެންޖެހެއެވެ. އެހެންނޫންނަމަ އޭގެ ފައިދާ ލިބޭ ބަޔަކަށްވާނީ ބޮޑު ކުއްޔައް ގެތައް ދޫކުރާ ވިޔަފާރިވެރިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
އައިޖީއެމްއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި އަންހެނުންގެ ޞިއްޙަތާ ގުޅޭ ކޭމްޕެއް ބާއްވަނީ
އަންހެނުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ޚާއްޞަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޚާއްޞަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
25 Sep 2026
ނަތަންޔާހޫ އދ. ގައި ވާހަކަދައްކަން ފެށުމުން ގިނަ ގައުމުތަކުން ހޯލުން ނުކުމެއްޖެ
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ އާންމު މަޖިލީހުގެ ޖަލްސާގައި ނަތަންޔާހޫ ވާހަކަދައްކަން ޕޯޑިއަމަށް އެރުމާ އެކު، ގިނަ އަދަދެއްގެ ގައުމުތަކުގެ ވަފުދުތަކުން ވަނީ ހޯލުން ނުކުމެ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ވަރުގަދަ މެސެޖެއް ދީފައެވެ.
25 Sep 2026
ޒުވާނުންނަށް ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުތަނުން އިތުރުވެއްޖެ
ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅިއެއް ބެދުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ކުރިމަތިވާ ސްޓްރޯކް 1990ގެ އަހަރުތަކުގެ މެދުތެރޭގައި ޖެހެމުން އައީ ކޮންމެ 100,000 ޒުވާނުންގެ ތެރެއިން 33.9 މީހަކަށެވެ. ނަމަވެސް 2020 ވަނަ އަހަރާ ހަމައަށް އައިއިރު އެ ޢަދަދު ވަނީ 62.2 އަށް އުފުލިފައެވެ.
25 Sep 2026
ޙޫޘީންގެ ހަމަލާތަކާ ދެކޮޅަށް ސަޢޫދީ ދިފާޢުކުރުމަށް ކުއްލި ބައްދަލުވުމެއް
ޙޫޘީންގެ ހަމަލާތަކާ ގުޅިގެން ސަޢޫދީ އާއި ތުރުކީ އާއި ޕާކިސްތާނުން ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.