Advertisement

ރައީސުލްޖުމްހޫރިއްޔާ އަކީ ކާކުކަން އޮޅިއްޖެ: ޝުޖާއު

31 Jul 2020 | 23:47

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ކާކުކަން އޮޅިވަޑައިގެންފައިވާކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި އެކު މަޝްވަރާކުރާނީ އިދިކޮޅު ސިޔާސީ ލީޑަރަކީ ކޮބައިކަން ކަށަވަރުވުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ޝުޖާއު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިދިކޮޅު ލީޑަރަކީ ރައީސް ޔާމީންކަމަށާއި އެއީ ސުވާލެއް އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް އިދިކޮޅާއި އެއްވެސް ކަމަކާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރާނަމަ ކުރަނީ ކޮން ރައީސެއްކަން އެނގެން އެބަޖެހޭކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

"ތިތަނުން އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގޭ. ރައީސުލްޖުމްހޫރިއްޔާ އޮޅިއްޖެ"، ޝުޖާއު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް