މަސައްކަތު މޫދަށް އެރިއުޅުނު ޒުވާނަކު މަރުވެއްޖެ

03 Aug 2020 | 21:06

މިއަދު މެންދުރުގެ ވަގުތެއްގައި ހުޅުމާލޭގެ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގެ ބުރަފަތި ހަދަން މޫދަށް އެރުނު މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރި އުޅުނު 27 އަހަރުގެ ދިވެހި ފިރިހެނަކު އަކުނިވަޔަށް ދަމައިގެން ހާލު ދެރަވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ.

އެމީހާ ނިޔާވެފައިވާ ކަމަށާއި މިކަމާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންތައްތައް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިމާޒް ނިޔާވުމުން ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު އޭނާ އެބައްޔަށް ޕޮސިޓިވްވެފައިވާކަމަށް ފުލުހުންގެ އޮފިޝަލްއެއް ވޮއިސްއަށް ވަނީ މައުލޫމާތު ދެއްވާފައެވެ.

Advertisement

ކޮމެންޓް