އެމްއެމްޕީއާރުސީން ބޭއްވި އިވެންޓެއްގައި އެކުންފުނީގެ އިސްވެރިން... ފޮޓޯ: އެމްއެމްޕީއާރުސީ
ހަބަރު
03 Jul 2025 | 16:43
ދަރަނި އެހާވަރަށް ބޮޑުވީ ނިމިދިޔަ ވެރިކަމުގައި: އެމްއެމްޕީއާރުސީ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ދަރަނި ބޮޑުވެފައިވަނީ، ނިމިގެންދިޔަ ސަރުކާރުގެ ފަހު އަހަރުތަކުގައި ކުންފުނި ހިންގިގޮތުންކަމަށް އެކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ބުނެފިއެވެ.

އެމްއެމްޕީއާރުސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ ވެރިކަމުގައި ކުންފުނި ހިންގިގޮތުން ލިބުނު ގެއްލުމުގެ ޖުމްލަ 203.4 މިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެ. އެމްއެމްޕީއާރުސީން ނެރުނު މި ބަޔާނުގައި ވަނީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. އެގޮތުން ހަރަދުތައް 10 އިންސައްތަ ކުޑަކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އިސްތިހާރުކުރުމުގެ ކަންކަމުގައި 21 އެޖެންސީ ގެންގުޅުނު ނަމަވެސް މިހާރު އެދަދަު 6 އަކަށް މަދުކޮށްފައިވާކަމަށެވެ. މިއީ އަހަރެއްގެ މައްޗަށް ހިނގާ ހަރަދަށް ބަލާނަމަ 4 މިލިއަން ރުފިޔާގެ ސޭވިންއެކެވެ.

އެމްއެމްޕީއާރުސީއަށް ލިބިފައިވާކަމަށް އެކުންފުނިން ދެއްކި އަދަދު

- 2020 ވަނަ އަހަރު: 1.6 މިލިއަން ރުފިޔާ

- 2021 ވަނަ އަހަރު: 141.9 މިލިއަން ރުފިޔާ

- 2022 ވަނަ އަހަރު: 42.2 މިލިއަން ރުފިޔާ

- 2023 ވަނަ އަހަރު: 17.9 މިލިއަން ރުފިޔާ

އެމްއެމްޕީއާރުސީން މިފަދައިން ބަޔާނެއް ނެރެފައިވަނީ މިފަހުން އޮޑިތަރ ޖެނެރަލް ނެރުނު އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓާ ގުޅިގެންނެވެ. 

މިދިޔަ ޖޫންމަހު އޮޑިޓަރ ޖެނެރަލް ނެރުއްވި 2024 އަހަރުގެ އެމްއެމްޕީއާރުސީގެ ރިޕޯޓްގައި އެކުންފުނީގެ ޖުމްލަ ދަރަނި 1.5 ބިލިއަން ރުފިޔާއަށްވުރެ ބޮޑެވެ. އެގޮތުން އެމްއެމްޕީއާރުސީން 2013 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު ރިސޯޓް ހެދުމަށް ފަޅުރަށްތައް ވިއްކައިގެން ލިބުނު ފައިސާއިން ޓޫރިޒަމް މިނިސްޓްރީއަށް މިހާރުވެސް ދޭންޖެހޭ އަދަދު 1.5 ބިލިއަން ރުފިޔާއަށްވުރެ ބޮޑެވެ. މީގެ އިތުރުން އެމްޕީއެލުން 2020 ވަނަ އަހަރު ނެގި 85 މިލިއަން މިލިއަން ރުފިޔާގެ ލޯނު އޮތްއިރު، އެ ލޯނުގެ އިންޓްރެސްޓް ރޭޓް އުޅެނީ އަހަރަކަށް 4.60 އިންސައްތައިގެ ރޭޓްގައެވެ

އެމްއެމްޕީއާރުސީގެ ހަގީގީ ދަރަނި ބިލިއަން ރުފިޔާ ފަހަނަ އަޅާފައިވައިރު، އެ ދަރަނިތައް ދައްކައި ކުންފުނި ކުރިއަށްގެންދާނޭގޮތުގެ ދުރުރާސްތާ ޕްލޭނެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.