05 Aug 2020 | 23:43
ބާބްރީ މަސްޖިދު ހުރިތަނުގައި އަޅާ ފައްޅީގެ ބިންގާ އަޅައިފި

އިންޑިޔާގެ އަޔޯދިޔާ ޝަހަރުގައި ބާބްރީ މަސްޖިދު ކުރިން ހުރިތަނުގައި އަޅާ ހިންދޫންގެ ރާމް ކަލާނގެ ފައްޅީގެ ބިންގާ މިއަދު އަޅައިފިއެވެ.

މި ފައްޅީގެ ބިންގާ މިއަދު އަޅުއްވާދެއްވީ ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. މި ރަސްމިއްޔާތުގައި މޯދީގެ އިތުރުން އަޔޯދިޔާ ޝަހަރު ނިސްބަތްވާ އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޔޯގީ އަދިތުޔަނާތު އަދި ވެރިކަން ކުރާ ބީޖޭޕީގެ ގިނަ އިސް ފަރާތްތަކުން ބައިވެރިވިއެވެ.

މި ފައްޅީގެ ބިންގާ އެޅުމަށްފަހު ވާހަކަދައްކަވަމުން ބޮޑުވަޒީރު މޯދީ ބުނެފައިވަނީ އެ ބިން މިނިވަންވެފައިވާ ކަމަށާއި، ގިނަ އަހަރުތަކެއް ވަންދެން ވަގުތީ ޓެންޓެއްގައި އުޅެމުންދިޔަ ހިންދޫން އަޅުކަންކުރާ ރާމް ކަލާނގެއަށްޓަކައި ބޮޑު ގެއެއް ބިނާވެގެންދާނެ ކަމަށެވެ. މި ރަސްމިއްޔާތަށްޓަކައި ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވިއިރު، އެމީހުންގެ ތެރެއިން ގިނަ ބަޔަކު މާސްކް އަޅައި ގައިދުރުކަން ތަންފީޒުކޮށްފައި ނުވާކަމަށް ބީބީސީއިން ވަނީ ބުނެފައެވެ. ކަން މިހެން އޮތްއިރު، އުއްތަރު ޕްރަދޭޝަކީ ކޮވިޑް-19ގެ ބަލިމަޑުކަން ހަލުވިކަމާއި އެކު ފެތުރެމުންދާ ސަރަހައްދެކެވެ.

އިންޑިޔާގެ އެންޑީޓީވީން ރިޕޯޓްކުރާ ގޮތުގައި މި ފައްޅީގައި ތިން ބުރި ހުންނައިރު، އުސްމިނުގައި 161 ފޫޓު ހުންނާނެއެވެ. މި ފައްޅި އިމާރާތްކުރުމަށް އިންޑިއާގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ވަނީ އަހަރުތަކެއް ވަންދެން ރަނާއި ރިހި ހަދިޔާކޮށްފައެވެ. މި ފައްޅީގެ މަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ ތިން އަހަރުގެ ތެރޭގައެވެ.

މި ފައްޅީގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި މިތަނަކީ ހިންދޫންގެ ބިމެއްކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމުމުންނެވެ.

ހިންދޫން ގަބޫލުކުރާ ގޮތަކީ އެ މިސްކިތްހުރި ބިމަކީ އެމީހުންގެ ކަލާނގެއެއްކަމުގައިވާ ރާާމް އުފަންވިތަނެވެ. ނަމަވެސް 16ވަނަ ގަރުނުގެ ތެރޭގައި މުސްލިމުން އެތަނަށް ވެރިވެ، އެތަނުގައި ހުރި ފައްޅި ތަޅާލީކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. މި މައްސަލައިގައި އިންޑިޔާގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައިވެސް ވަނީ އެ މިސްކިތް ބިނާކޮށްފައިވަނީ ހުސްބިމެއްގައި ނޫންކަމަށާއި އެއީ ފައްޅިއެއް ހުރި ތަނެއްކަން އެނގެން އޮތްކަމަށް ބުނެފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ ބާާބްރީ މަސްޖިދު ހުރި ބިން ހިންދޫއިންނާއި ހަވާލުކުރުމަށްފަހު، އެތަނުގައި ފައްޅިއެއް އެޅުމުގެ ކަންކަން ބަލަހައްޓާނެ ޓްރަސްޓެއް ތިން މަސް ދުވަހުގެ ތެރޭގައި ގާއިމްކުރުމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފައެވެ.

އަދި ކޯޓުން ވަނީ މިސްކިތް ހުރި ބިން އަތުލުމުގެ ބަދަލުގައި މުސްލިމުންނަށް އަޔޯދްޔާ ޝަހަރުން ފަސް އޭކަރުގެ ބިމެއް ދިނުމަށްވެސް ނިންމާފައެވެ.

ހިންދޫއިން މިސްކިތް ތަޅާލާފައިވަނީ 1992 ވަނަ އަހަރުގައެވެ. މިސްކިތް ތަޅާލަން އެއްވި މީހުންގެ ތެރޭގައި އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.