އެވީޓީ ޕީއޯއެސް ސޮފްޓްވެއަރއާއި އެކު ވިޔަފާރިތަައް އާ ފަންތިއަކަށް ގެންދަވާ!

15 Aug 2020 | 16:47

ޒަމާނަށް އަންނަ ތަފާތު ބަދަލުތަކާއި އެކު ތައާރަފްވާ ޓެކްނޮލޮޖީގެ ވަސީލަތްތަކަކީ ދިވެހިންނަށް އާ އެއްޗަކަށް ނުވާނެއެވެ. އެހެނީ ދިވެހިރާއްޖެއަކީ ކިތަންމެ މީސްކޮޅު ކުޑަ ނަމަވެސް މުޅި ދުނިޔެއާއި ގުޅިފައިވާ ބައެކެވެ. ނަތީޖާއެއްގެ ގޮތުން އެކި އެކި މުހިންމު ދާއިރާތަކުގައި ދިވެހިން ދަނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން ހިފަމުންނެވެ. މިގޮތުން އެއް ދާއިރާއަކަށް ވާނީ ވިޔަފާރީގެ ދާއިރާއެވެ.

ވިޔަފާރިތަކަށް އަމާޒުކޮށްގެން ސޮފްޓްވެއަރތަކާއި އެޕްލިކޭޝަންތައް ތަރައްގީކުރާ ދިވެހި ކުންފުންޏެއްކަމަށްވާ އެވިޓީން ވަނީ ދިވެހި ވިޔަފާރިތަކަށް އަމާޒުކޮށްގެން ޚާއްސަ ޕޮއިންޓް އޮފް ސޭލްސް ސޮފްޓްވެއަރއެއް އުފައްދާފައެވެ. 

އެވިޓީން މައުލޫމާތުދޭ ގޮތުގައި މި ޕީއޯއެސް ސޮފްޓްވެއަރއަށް 5000 ޕްރޮޑަކްޓްގެ މައުލޫމާތު ލެވޭނެއެވެ. މިއީ ރެސްޓޯރެންޓްތަކާއި ރީޓެއިލް ފިހާރަތަކާއި ގުޅޭފަދަ އެއްޗެއްކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. މި ސޮފްޓްވެއަރގެ ތެރެއިން އިންވެންޓްރީ މެނޭޖްމަންޓް، ކަސްޓަމަރ މެނޭޖްމަންޓް، ކްރެޑިޓް މެނޭޖްމަންޓް، ޕާރޗޭސް އޯޑަރ އަދި ކުއޯޓޭޝަންތައްވެސް ތައްޔާރުކުރެވިގެންދާނެއެވެ.

މި ދުވަސްވަރަކީ ގިނަ ވިޔަފާރިތަކުން އޮންލައިންކޮށް ޚިދުމަތްތައް ލިބިގަންނަ ދުވަސްވަރެކެވެ. އެފަދަ ވިޔަފާރިތަކަށްވެސް އެވިޓީ ޕީއޯއެސް ސޮފްޓްވެއަރއިން ފައިދާ ލިބޭނެއެވެ. އެގޮތުން އެފަދަ ވިޔަފާރިތަކަށް މި ސޮފްޓްވެއަރ މެދުވެެރިކޮށް އޮންލައިންކޮށް ތަކެތި އޯޑަރުތައް، ތަކެތީގެ ޓްރެކިންގވެސް ކުރެވޭނެއެވެ. މިފަދައިން ގަންނަ ތަކެތީގެ ބިލް ހަމަ އެ ސޮފްޓްވެއަރގެ ތެރެއިން ލިބޭނެކަމަށް އެވިޓީއިން މައުލޫމާތުދެއެވެ.

އެކުންފުނިން އިތުރަށް ބުނިގޮތުގައި މި ސޮފްޓްވެއަރ އެންމެ ލޮކޭޝަނެއްގައި އިންސްޓޯލްކުރާނަމަ އެކަމަށް އިތުރު ފައިސާއެއް ނުނަގާނެއެވެ. ނަމަވެސް އެއް ލޮކޭޝަންއަށްވުރެގިނަ ވާނަމަ އިތުރު ޗާޖުކުރާނެއެވެ. 


Advertisement

ކޮމެންޓް