ސަފާރީތަކުން ފުރާ ފަތުރުވެރިންގެ ސާމްޕަލް ނެގުމަށް ހުޅުމާލޭގައި ޚާއްސަ ހަޓެއް ގާއިމްކޮށްފި

11 Aug 2020 | 17:36

ސަފާރީތަކުގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރާ ފަތުރުވެރިންގެ ތެރެއިން އެނބުރި ގައުމަށްދާ އިރު ނެގެޓިވް ކޮވިޑް ޓެސްޓެއް ބޭނުންވާ ފަތުރުވެރިންގެ ސާމްޕަލް ނެގުމަށް ހުޅުމާލޭގައި ޚާއްސަ ހަޓެއް ގާއިމްކޮށްފިއެވެ.

މި ހަޓް ގާއިމްކޮށްފައިވަނީ ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ޓޫރިޒަމް، އެޗްޑީސީ، އެޗްޕީއޭ އަދި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ބޯޓިންގ އެސޯސިއޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ހަޓް ގާއިމްކޮށްފައިވަނީ ފަސް ދުވަހުގެ ތެރޭގައި ކަމަށާއި، އެގޮތުން އެ ހަޓުން އެންމެ ފުރަތަމަ ފަތުރުވެރިއެއްގެ ސާމްޕަލް ނެގިފައިވަނީ މިއަދު ކަމަށެވެ. މިއީ ޕީސީއާރު ޓެސްޓް ހެދުމަށް ސާމްޕަލް ނެގޭ ތަނެކެވެ.

ސާމްޕަލް ނެގުން އިންތިޒާމު ކުރުމަށް ފަތުރުވެރިންގެ ތަފްޞީލުތައް އެންބީއޭމްއަށް އީމެއިލް މެދުވެރިކޮށް [email protected] ނުވަތަ ފޯނު މެދުވެރިކޮށް 7970033 ކުރިއާލާ ޙިއްޞާކުރަަން ޖެހެއެވެ. އަދި، ފަތުރުވެރިން ފުރަން ދާއިރު ޓެސްޓުގެ ނަތީޖާ ލިބޭހާ ވަގުތު ކުރިން ސާމްޕަލް ނެގުމަށް ސަމާލުކަން ދޭން އެ ޖަމްއިއްޔާއިން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް