ޓްރާންސްޕޯޓް މިނިސްޓަރުކަން ޤާސިމް ގެ އަނބިކަބަލުންނަށް

18 Nov 2018 | 10:47

ޓްރާންސްޕޯޓް މިނިސްޓަރުކަން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހަނގު އަނބިކަނބަލުން އައިސަތު ނަހުލާ އަށް ހަމަޖައްސަވައިފިއެވެ.

މިއީ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ޖޭޕީއަށް ކަނޑައެޅިފައިވާ ސްލޮޓްއަށް އެޕާޓީން ހަމަ ޖެއްސިފަރާތްކަން ފާހަގަކޮށްލަން ޖެހެއެވެ.

މީގެކުރިންވެސް ސިޔާސީ މަގާމަކަށް އައިސަތު ނަހުލާ އަންނަން އުޅޭކަމުގެ އަޑުފެތުރުމާއެކު އާންމުންގެ ބޮޑު ފާޑުކިއުމެއް ވަނީ އެކަމަނާއަށާއި ޖުމްހޫރީ ޕާޓީއަށް އަމާޒުވެފައެވެ. މީގެ ރައްދުގައި އޭރު އައިސާ ވިދާޅުވެފައިވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބިލައްވައިފި ނަމަ އެފުރުސަތުގެ ބޭނުން ހިފާނެކަމަށެވެ.

ޝުއޫރު ފާޅުކުރި ގިނަ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މިނިސްޓަރު ކަންފަދަ ބޮޑެތި މަޤާމުތަކަކީ އިލްމީ ޤާބިލް ބޭފުޅުން އައްޔަން ކުރައްވަން ޖެހޭ މަޤާމުތަކެއްކަމަށެވެ. ސިޔާސީ ގޮތުން މީހާގެ ނުފޫޒާއި ބާރަށް ބަލައި މިފަދަ މަޤާމުތައް ބެހުމަކީ ސަރުކާރުގެ ގާބިލްކަން ކުޑަވާނެކަމަށް އެފަރާތްތަކުން ހިޔާލު ފާޅުކޮށްފައިވެއެވެ.

ފާއިތުވި ތިން ސަރުކާރުގައި ވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި އައްޔަން ކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަޤާމަށްކަން ފާހަގަކޮށްލަން ޖެހެއެވެ.

މިއީ މިހާރުވެސް ފުޅާދާއިރާއެެއްގައި ވިޔަފާރި ކުރަމުން އަންނަ ޤާސިމް އިބްރާހިމް ގެ މަސްލަހަތު އޮންނަ ދާއިރާއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން މިހާރުވެސް ފްލައި މީގެ ނަމުގައި އެތެރޭގެ އުދުހުމުގައި ވިލާއެއާއިން ދަނީ ހަރަކާތްތެރިވަމުންނެވެ. 

Advertisement

ކޮމެންޓް