ޕޮޒިޓިވް ކޭހަކާއި ކޮންޓެކްޓްވުމާއި ގުޅިގެން ޑރ.ނަޒްލާ ހޯމް ކަރަންޓީންގައި

15 Aug 2020 | 12:23

ކޮވިޑް-19 އަށް ޕޮޒިޓިވް ކޭހަކާއި ކޮންޓެކްޓްވުމާއި ގުޅިގެން ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގު ހޯމް ކަރަންޓީން ވެވަޑައިގެންފިއެވެ.

ޑރ.ނަޒްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި އާއިލާގެ ފަރާތަކާއި ކޮންޓެކްޓް ވެފައިވާކަމަށެވެ.

އެހެންކަމުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހޯމް ކަރަންޓީންވެވަޑައިގެންފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ހުންނެވީ ހެޔޮ ހާލުގައި ކަމަށްވެސް ވިދާޅުވިއެވެ.

އަދި ގޭގައި ހުންނަވައިގެން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޑރ.ނަޒްލާއަކީ ކޮވިޑް-19ގެ ބަލިމަޑުކަން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އާންމުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމުގައި ހަރަކާތްތެރިކޮށް އުޅުއްވި ފަރާތެކެވެ.

Advertisement

ކޮމެންޓް