އެމްޑީޕީގެ ފްލޭގް މޭން ހުވާކުރުމުގެ ރަސްމީޔާތު ބަލަން ޖެހުނީ ހޮޓަލަކުން

18 Nov 2018 | 12:21

އެމްޑީޕީއަށް ރާއްޖޭގެވެރިކަން ލިބުނު މީ ދެވަނަ ފަހަރެވެ. މިހާހިސާބަށް އެފާޓީއާށް އާދެވިފައިވަނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުންކަން މީ ގަބޫލުުރަން ޖެހޭ ހަގީގަތެކެވެ.

ނަމަވެސް އެމްޑީޕީން އެޕާޓީއަށް ގުރުވާން ވެވަޑައިގެންނެވި ބޭފުޅުންގެ އަގުވަޒަން ކުރޭތޯމީއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ.

2012 ވަނަ އަހަރު ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ޖެހުނު ހާދިސާގައި އެންމެ އިސްކޮށް އުޅުއްވި، ބޭފުޅުން ކަމުގައިވާ އަބްދުﷲ ރިޔާޒާއި ކާނަލް ނާޒިމާއި، ރައީސް ވަހީދު ފަދަ ބޭފުޅުން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެެއްވި އިރު ތިއްބެވީ އިއްޒަތްތެރިންގެ ގޮނޑިކޮޅުތަކުގައެވެ.

2012 ވަނަ އަހަރު ވެރިކަން ވެއްޓުމާއެކު އެމްޑީޕީން އުސްފަސްގަނޑުގައި ބޭއްވި މުޒާހަރާތަކުގައި އެންމެ އިސް ރޯލެއް އަދާކުރި އެމްޑީޕީގެ ފްލޭގްމޭން އަދި ގިނަ މުޒާހަރާތަކުގައި އިސް ރޯލެއް އަދާކުރެއްވި ނައީމާއްތަ ފަދަ ބޭފުޅުން ތިބެން ޖެހުނީ ސިބިބަރީގައާއި ސައިހޮޓާތަކުގައެވެ.

މިބޭފުޅުންގެ އަގު ވަޒަން ކުރަނީ ކިހާވަރަކަށްތޯ މީ މިއަދު ސޯސަލް މީޑިއާގައި ވެސް ގިނަ ބަޔަކު ކުރަންމުން އަންނަ ސުވާލެވެ. މީގެ ތެރޭގައި އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ހިމެނި ވަޑައިގަންނަވައެވެ.

މިއީ ފެނުކެއްކި ބޮލީގެ އިއްޒަތް ދިނުން ކަމުގައި ބެލެވިދާނެހެއްޔެވެ؟ މިކަމުގެ ސަބަބުން މި ހަފްލާ އިންތިޒާމް ކުރި ފަރާތައް ވެސް އަންނަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރީޔާ ކަމުގެ ހުވާކުރެވުމުގެ ހުރިހާ އިންތިޒާމެއް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އަދި ކޮންމެ ޕާޓީއަކަށް ވަނީ ޕާޓީ މެންބަރުންނަށް ބެހުމަށް ދައުވަތު ކާޑު ހަވާލުކުރެވިފައެވެ. 

Advertisement

ކޮމެންޓް