އުރީދޫއިން މެސީއާއި އެކު ޒުވާން މަސްވެރިޔާ ދައްކާލައިފި

17 Nov 2020 | 08:05

އުރީދޫ މޯލްޑިވްސްގެ އިންޓަރނެޓްގެ ޚިދުމަތް އިޝްތިހާރުކުރުމަށް އާންމުކުރި އިސްތިހާރެއްގައި އާޖެންޓީނާ އަދި ބާސެލޯނާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލަޔޮނެލް މެސީއާއި އެކު ދިވެހިރާއްޖޭގެ މަޝްހޫރު "ޒުވާން މަސްވެރިޔާ" ހަސަން ސާޖިން ފެނިއްޖެއެވެ.

އުރީދޫއިން އިއްޔެ އާންމުކުރި މި އިސްތިހާރަށް ދަނީ ގިނަ ބަޔެއްގެ ތަރުހީބު ލިބެމުންނެވެ. އެ އިސްތިހާރުގައި ފެންނަ ގޮތުގައި މެސީ ޖަންގައްޔެއްގެ ތެރޭގައި ހުއްޓާ އޭލިއަން އުޅަނދަކުން އައިސް އޭނާ ނަގައިގެން ގެންދެއެވެ. ދެން ކުއްލިއަކަށް ފެންނަނީ ސާޖިން ވީޑިޔޯއެއް ބަލަން އިންދާ އެ ވީޑިޔޯ ބަފަރވެ، އޭނާ އަރިމައްޗަށް ބަލާލާއިރު ކައިރީގައި މެސީ ހުންނަ ތަނެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި ސާޖިންއާއި މެސީއަކީވެސް އުރީދޫގެ ދެ ބްރޭންޑް އެމްބެސެޑަރުންނެވެ. މީގެ ކުރިންވެސް މެސީ ކުޅެފައިވާ އުރީދޫގެ އިސްތިހާރުތަކުގައި ވަނީ ދިވެހިރާއްޖެ ދައްކާލާފައެވެ.

އުރީދޫން ވަނީ އެކުންފުނީގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް އިއްޔެ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ، 5ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެއެވެ. މި ބަދަލާއެކު ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކުރިޔަށްވުރެ ހަލުވިވެ، ސުޕަރނެޓް އެޑޯންސްއާއެކުވެސް އިތުރު ޑޭޓާ ލިބިގެންދާނެއެވެ

Advertisement

ކޮމެންޓް

Advertisement