ޤާސިމްގެ އިންޓަރެސްޓް މިފަހަރުވެސް ސެކިޔޯ، ދެން ރައްޔިތުން އަތްޖަހާ

21 Nov 2018 | 15:44

ޤާސިމް އިބްރާހިމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ މަގުބޫލު އެއްސިޔާސީ ލީޑަރެވެ. މީގެ އިތުރުންވެސް ޤާސިމަކީ ރަޢްޖެގެ ހުރި އެންމެ ބޮޑު އެއް ވިޔަފާރިވެރރިޔާވެސް މެއެވެ. މިހެންކަމަށް ވުމާއެކު އާންމުންގެ ތަރުހީބަށް ވުރެ ފާޑުކިޔުން މިދުވަސް ކޮޅު އަންނަނީ އަމާޒުވަމުންނެވެ. މިހެން މިކަން ވާންޖެހޭ ސަބަބުތައްވެސް ބައިވަރެވެ. ނުވާންވީ ސަބަބެއްވެސް ނެތެވެ.

ޤާސިމް އިބްރާހިމް އިސްވެ ހުންނަވައިގެން މީގެ ކުރިން ވަނީ ރައީސް ނަޝީދުގެ އަދި ރައީސް ޔާމީންގެ ވެސް ވެރިކަން ބަދަލުކުރައްވާފައެވެ. އަދި އިއްޔެ ހުވާ ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 15 ޕަސަންޓުވެސް ވަނީ ޤާސިމް އިބްރާހީމަށް ލިބިފައެވެ.

ޤާސިމް އިބްރާހިމްގެ އިންޓަރެސްޓް

ޔަޤީނުންވެސް ޤާސިމް އިބްރާހިމަކީ ވިޔަފާރި ކުރުމުގައާއި އާންމުންނަށް އެހީތެރިވުމުގެ ގޮތުން ނަމޫނާ ބޭފުޅެކެވެ. އަދި އެކަމަށް ދެކޮޅު ހެދޭނެ މާބޮޑު ފުރުސަތުތަކެއްވެސް ނެތެވެ. އަދި ސުވާލު އުފެއްދޭނެ މާބޮޑު ޖާގައެއްވެސް ނެތެވެ. ނަމަވެސް މިއާއި އެކު ޒަމާނަށްސުރެން ރައްޔިތުމީހާ ޤާސިމް އާއި ބެހޭގޮތުން ދައްކާ ވާހަކައާއި އުފައްދާ ސުވާލުތައް ގިނައެވެ. އެންމެ ބޮޑަށް އެންމެ އަޑު ހަރުކޮށް ޔޯލަ ކޮށްލާފަ ދެކެވޭ ވާހަކައަކީ ޤާސިމް އިބްރާހިމްގެ އިންޓަރެސްޓް ވެރިކަމަށް ހުންނަ ކަމުގެ ވާހަކައެވެ.

އެހެން ވާހަކަ ދެއްކުމަށް ފުރުސަތު ލިބޭ މައިގަނޑު ސަބަބަކީ ވޭތުވެ ދިޔަ ތިން ރިޔާސީ އިންތިހާބުގައިވެސް ޤާސިމް އިބްރާހިމް ރައީސް ކަމަށް އައުމަށް މަސައްކަތް ކޮށްފައިވާތީއެވެ. އަދި ވެރިކަން ކާމިޔާބު ނުވި ކޮންމެ ފަހަރަކުވެސް މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ގެންގުޅުއްވައި އެކަމަށް ކޮންޕީޓް ކުރެއްވިކަމެވެ. އޭގެ ތެރެއިން ދެފަހަރުވެސް ޤާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ކާމިޔާބު ކުރެއްވި ކަމަކީވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

މީގެ އިތުރުންވެސް ވޭތުވެ ދިޔަ ތިން ރިޔާސީ އިންތިހާބުގައި ވެސް ޤާސިމް ވަނީ އެކި ސިޔާސީ ޕާޓީތަކާއި ކޯލިޝަން ހައްދަވައި ސަރުކާރުގެ ޕަސާންޓޭޖެއް އަބަދުވެސް ނަންގަވާފައެވެ.

ކުރިން ފަހަރުތަކެކޭވެސް އެއްގޮތަށް މި ފަހަރުވެސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސަރުކާރުގެ 15 ޕަސަންޓު ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ނަންގަވައި، ކެބިނެޓާއި، ސިޔާސީ މަގާމާއި، ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުގެ މަޤާމުތަކެއް ވަނީ ޖުމްހޫރީ ޕާޓީން ޔަޤީންކޮށްފައެވެ.

ޤާސިމް ކުރިއަށް ނެރުއްވަނީ ޤާސިމްގެ އިންޓަރެސްޓުތޯ؟

އަބަދުވެސް ޤާސިމް އިބްރާހިމަކީ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކުރައްވަމުން އަންނަ ބޭފުޅެއްކަމަށް އަމިއްލަފުޅަށްވެސް އަންނަނީ ބުނަމުންނެވެ. ނަމަވެސް މުޖުތަމައުގެ ކަންތައްތައް ހުރި ގޮތުން، ރާއްޖޭގެ ސިޔާސީ މަޝްރަހް ހުރި ގޮތުން ޤާސިމް ކުރާ ދައުވާއަށް ސުވާލު އުފައްދާ އެތަކެއް ރައްޔިތުންނެ މި ދިވެހި ފަސްގަނޑުގައި ތިބޭނެތާއެވެ.

އަދި މި ސުވާލު އުފައްދަން ޖާގަވެސް ލިބެއެވެ. ފުރަތަމަ ކަމަކީ ކޮންމެފަހަރުވެސް ޤާސިމް އިބްރާހިމް ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލައެވެ. ރާއްޖޭގެ ރައީސްކަން ނުލިބިއްޖެނަމަ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައެވެ. އަދި މީގެ އިތުރުންވެސް ކޯލިޝަން ހައްދަވާ ސަރުކާރުގެ ހިއްސާއެއް ނަންގަވައެވެ.

ރަނގަޅެވެ. ޤާސިމް އިބްރާހީމަކީ ސިޔާސީ ޕާޓީއެއްގެ ލީޑަރެކެވެ. ސިޔާސީ ބޭފުޅެކެވެ. މީގެ އިތުން ރާއްޖޭގެ ހުރި އެންމެ ބޮޑު ވިޔަފާރިވެރިޔާވެސް މެއެވެ. އެހެންކަމަށް ވުމާއެކު ރައްޔިތުންގެ މަސްލަހަތައް ހިމާޔަތްކުރެވޭނީ މިހުރިހާ މަގާމްތައް ނަގައިގެންތޯ، ނުވަތަ މި އުސޫލުންތޯ މިއީ މިއަދު އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެއް ނޫނެވެ. މިއީ ހަމަ ޔަޤީނުންވެސް ރައްޔިތުން އުފައްދާނެ ސުވާލުތައްކަން ސޯޝަލް މީޑިއާ ބަލާލުމުނެވެސް އިނގޭނެތާއެވެ.

ރައްޔިތުން މިވަރަށް ސުވާލު އުފައްދަނީ، މިކަހަލަ ސަބަބުތަކެއް ހުރީމަކަށް ވެދާނެއެވެ. ކުރިން ފާހަގަކުރި ފަދައިން ޤާސިމް އިބްރާހީމަކީ ވިޔަފާރި ވެރިއެކެވެ. ޤާސިމް އިބްރާހީމްގެ މައިގަނޑު ވިޔަފާރިތަކުގައި ހިމެނޭ ޓުއަރިޒަމާއި ޓްރާސްޕޯޓް ސެކްޓާއެވެ. އަދި ޤާސިމް އިބްރާހިމް ކޯލިޝަން ހައްދަވައިގެން ސަރުކާރަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް ޤާސިމް އިބްރާހީމް ގެ ޖުމްހޫރީ ޕާޓީ ވަނީ ޓުއަރިޒަމް މިނިސްޓްރީއާއި ޓްރާންޕޯޓް މިނިސްޓަރީ ވަނީ ޔަޤީންކުރައްވާފައެވެ.

މިފަހަރު ތަފާތުކަމަށް މިފެނުނީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން މިނިސްޓަރު ކަމަށް ވަޑައިގަތުމުންނެވެ.

މިހެން ވުމާއެކު އާންމުންގެ ފާޑުކިޔުން ދަނީ ކެބިނެޓަށް އިންތިހާއަށް އަމާޒުވެގެންނެވެ. މިއީ ރައްޔިތުންގެ ހައްގުތަކަށް ވުރެ ޤާސިމްގެ މަސްލަހަތު ހިމާޔަތް ކުރުމަށް އުފެދިފައިވާ ކެބިނެޓެއް ކަމަށް ވެސްދަނީ ފާޑު ކިޔަމުންނެވެ. ގިނަބަޔކު ބުނަމުން ދަނީ ޤާސިމް މިފަހަރުވެސް މިވަނީ އޭނާގެ އިންޓަރެސްޓް ހިމާޔަތްކޮށްފައި ކަމަށާއި އެންމެން ދެން އަތްޖަހަންވީކަމަށް އަންނަނީ ބުނަމުންނެވެ.

ނަމަވެސް ޤާސިމް އިބްރާހީމަކީ ވަކި އެއް ފަރުދެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. މަގާމުތަކަށް މީހުން ކަނޑައަޅުއްވާފައިވަނީ ޖުމްހޫރީ ޕާޓީގެ އަގުލަބިއްޔަތުން ކަންވެސް މިއީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

Advertisement

ކޮމެންޓް