އިންތިޙާބް ނިމުނުއިރުވެސް އެމްޑީއޭ އަށް ވަކިއަތަކަށް ނުޖެހުވުނު

25 Sep 2018 | 16:19

ރިޔާސީ އިންތިހާބް ނިމުނުއިރުވެސް އެމްޑިއޭ އަށް ވަކިއަތަކަށް ނޭރުނެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީއޭ ނިކުތީ ރައީސް ޔާމިންގެ ކޯލިސަން ޕާޓްނާރ ގޮތުގައެވެ. ރައީސް ޔާމީން އިންތިހާބު ކާމިޔާބުކުރުމަށް ފަހު އޭރު އުފެއްދި އިއްދިހާދީ ސަރުކާރުގައި އެމްޑީއޭގެ އިތުތުން އަދާލަތް، ޖުމްހޫރީ ޕާޓީ ހިމެނެއެވެ. 

2013 ވަނަ އަހަރުގެ ރައީސް ޔާމިނާއެކު ރިޔާސީ އިންތިޙާބަށް ނިކުތް ސިޔާސީ ޕާޓިތަކުގެ ތެރެއިން ހަމަ އެކަނި ސާބިތުކަމާ އެކު ޕީޕީއެމްގެ ފަހަތުގައި އޮތީ އެމްޑީއޭއެވެ. ރިޔާސީ އިންތިޙާބް ނިމި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި މަޖްލިސް އިންތިހާބަށް އެމްޑީއޭ ނިކުތީ ރައީސް ޔާމިން އާއި އެކުއެވެ. އިންތިހާބު ތަކުން ކުރިމަތިލާން ޖެހުނު ނާކާމިޔާބީތަކަށްފަހުވެސް އޭމްޑީއޭ ސާބިތްކާމާއެކު ރާއީސް ޔާމިން ފަހަތުގައި އޮތެވެ. ޕީޕީއެމާއެކު ސަރުކާރަށް ދިމާވި ޕްރެސާރ އާއި ކުރިމަތިލަމުން ދިޔައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުޑަތަން ވީއިރުވެސް އެމްޑީއޭ އަށް ކޯލިޝަން އައު ކުރުމާމެދު ގޮތެއްނުނިމު ނެވެ. އެހެންނަމަވެސް އެމްޑީއޭގެ އިސްފަރާއްތަކުން ރައީސް ޔާމިންގެ ފަހަތުގައި ކެމްޕޭން ކުރައްވަމުން ގެންދެވިއެވެ.

ނަމަވެސް ކުއްލިގޮތަކަށް އެމްޑީއޭގެ ލީޑަރ އަދި ބާނި ޕާޓީ އާއި އެއްފަރާތަށް ޖެހި، ޕާޓީ ހިންގުން ޑެޕިއުޓީ ލީޑަރ އަލީ މައުރޫފް އައީ ހާވާލްކުރިތަން ފެނުނެވެ. ރައީސް ޔާމިން އާއި ގާތްގުޅުމެއް އޮެތް ސަންޓްރެވެލް ސިޔާމަށް ވީގޮތެއްނޭގުނެވެ.

ރިޔާސީ އިންތިޙާބުގައި ތާއީދުކުރާނެ ޕާޓީއެއް ނިންމަން ކައުންސިލް ބައްދަލުވުން ބޭއްވި އެކަމަށް ގޮތެއްނުނިމި ކޮޅެއްނުނަގަން ނިންމިއެވެ.  ދެންފެނިގެން ދިޔައީ އެމްޑީއޭގެ ބައެއް އިސްފާރާތަކުން ރައީސް ޔާމިން ދޫކުރައްވާ އިދިކޮޅުފަރާއްތަކާ ގުޅުނުތަނެވެ. އެހެންނަމަވެސް އޭމްޑީއޭ އިން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ނުބުނެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބް ނިމި އިދިކޮޅު ކޯލިސަން ސާފް އަޤުލަބިއްޔަތުން އިންތިޙާބް ކާމިޔާބް ކުރުމަށްފަހުވެސް އޭމްޑިއޭ ޗުއްޕުވެސް ބުނާތަން ނުފެނެއެވެ. ނޫންނަމަ އަރާނެ ކޮޅެއްވެސް އަދި އެރި ކޮޅެއްވެސް ނެތެވެ. ބޮޑުތަނުން އެމްޑީއޭގެ ލީޑަރ ބަހެއްވެސް ނުބުންޏެވެ.

އިންތިހާބް ފެށި އަދި ނިމުނުއިރުވެސް އެމްޑީއޭ ރަސްމީކޮށް އެއްވެސް ފަރާތަކަށް ތާއިދުކޮށް ބަހެއްނުނިތަން ނުފެނެއެވެ. ނަމަވެސް މިހާރު އެމްޑީއޭ ވަނީ އިންތިހާބް ކާމިޔާބް ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހްއަށް މަރުހަބާ ކިއާ ބާޔާނެއްނެރެފައެވެ. އަދި އިބޫގެ ސަރުކާރުން ހަމަހަމަ ކަމާއެކު ރައްޔިތުންނަށް ހިދުމަށް ކުރުމަށް ވަނީ ގޮވާލާފައެވެ.







Advertisement

ކޮމެންޓް