އޮކްޓޯބަރު 15ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސްތައް އަލުން ހުޅުވަނީ

01 Sep 2020 | 23:55

އަންނަ އޮކްޓޯބަރު 15ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސްތައް އަލުން ހުޅުވާލަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އޮކްޓޯބަރ މަހުގެ 15ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސްތައް އަލުން ހުޅުވާލާނެކަމަށެވެ. މިކަމަށްޓަަކައި ހުއްދަ ދޫކުރާނީ ރަށު ކައުންސިލްގެ ހުއްދައާއި، އެޗްޕީއޭ އަދި އެޗްއީއޯސީން އެކުލަވާލާ ގައިޑްލައިންތަކެއްގެ މައްޗަށް ކަމަށެވެ.

މިކަމާއި ބެހޭ ތަފްސީލްތައް މާދަމާ އޮންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ގެސްޓްހައުސްތައް ހުޅުވާލުމާއި އެކު، ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވާނެއެވެ. ނަމަވެސް ކޮވިޑް-19އަށް ދިވެހިރާއްޖެއިން ޕޮޒިޓިވްވާ ފަރާތްތަކުގެ އަދަދު ތިރިނުކޮށް މިކަން ހާސިލްކުރުމަކީ ދަތިކަމެއް ކަމަށް ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް