ޖޭޕީގެ ނިންމުމަށް މިނިސްޓަރުން ފާޑު ވިދާޅުވަނީ ތަސައްރަފު ނުފުދޭތީ: އަލްހާން

Share on facebook
Share on twitter
Share on telegram
Share on whatsapp

ރައީސް ޔާމީންގެ ކެނޑިޑޭޓުންނަށް ޖުމްހޫރީ ޕާޓީން ތާއީދު ކުރަން ނިންމެވި ނިންމެވުމަށް އެޕާޓީގެ ސްލޮޓްގައި މިނިސްޓަރުކަން ކުރައްވާ ބޭފުޅުން ފާޑުވިދާޅުވަނީ ސިޔާސީ ގޮތުން އެ ބޭފުޅުން ތަސައްރަފު ނުފުދޭތީ ކަަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ ޓިކެޓުގއި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާ އަލްހާން ފަހުމީ ވިދާޅުވެފައިވަނީ ޖޭޕީގެ ފަރާތުން ރައީސް ޔާމީނަށް ތާއީދުކުރައްވާ، މުޅިން ޔާމީނާއެކު މަސައްކަތް ކުރަން ނިންމާފައިނުވާކަމަށެވެ. ނަމަވެސް ކޯލިޝަނުން ހަދާފައިވާ އެއްބަސްވުމާއި ޚިލާފުވުމުން ޖުމްހޫރީ ޕާޓިން މަސައްކަތް ކުރީ މަޖިލީހުގެ ގިނަ ގޮނޑި ލިބޭނެ ގޮތްތައް ހޯދުމަށް ކަމަށެވެ.

މިވެސް ކިޔާލާ:

އެގޮތުން ގާސިމް އިބްްރާހިމްގެ މަޝްވަރާގެ މަތިން ޖޭޕީން ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަން ނިންމެވުމުން ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި މި ސަރުކާރުގެ މިނިސްޓަރުންގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅުން އެކަމަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަނީ ތަސައްރަފު ނުފުދޭތީ ކަމަށެވެ.

ރައީސް ޔާމީންގެ ކެނޑިޑޭޓުންނަށް ތާއީދުކުރާނެ ކަމަށް ޖުމުހޫރީ ޕާޓީން ހާމަކުރުމާއި އެކު ޖުމުހޫރީ ޕާޓީގެ ރައީސް އަލީވަހީދު އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ( ގާސިމްގެ އަނބިކަބަލުން) ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑޫވިދާޅުވެފައެވެ. އަދި ޔާމީންގެ ފަރާތުން މަޖިލީހަށް ނިކުންނަ ކެނޑިޑޭޓުންނަށް ތާއީދުނުކުރައްވާނެ ކަމަށްވެސް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި