ރ.އަތޮޅުގެ ކުރީގެ މެންބަރު އިސްމާއިލް ޒަކަރިއްޔާ އަވަހާރަވެއްޖެ

14 Sep 2020 | 17:25

ރައްޔިތުންގެ މަޖިލީހުގެ ރ.އަތޮޅުގެ ކުރީގެ މެންބަރު އިސްމާއިލް ޒަކަރިއްޔާ މިއަދު މެންދުރުފަހު ނިޔާވެއްޖެއެވެ.

އުމުރުފުޅުން 79 އަހަރުގައި އިސްމާއިލް ޒަކަރިއްޔާ ނިޔާވެފައިވަނީ ކޮވިޑް-19 ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

އިސްމާއިލް ޒަކަރިއްޔާއަކީ އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހް އިސްމާއިލްގެ ބައްޕާފުޅެވެ.

 އެބޭފުޅާ ވަނީ ރ.އަތޮޅުގެ މެންބަރުކަން ދެ ފަހަރެއްގެ މަތިން އަދާކުރައްވާފައެވެ.

Advertisement

ކޮމެންޓް