N/A
N/A
ހަބަރު 15 Sep 2020 | 18:03

އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް އެންޑީއެމްއިން ރިސޯޓަކަށް ފައިސާދެއްކި: އޮޑިޓް ރިޕޯޓް

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އެކަހެރިކުރާ މީހުން ބޭތިއްބުމަށް ކަނޑައެޅުނު ރިސޯޓަކަށް އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް އެންޑީއެމްއޭއިން ފައިސާދައްކާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން މިހެން ބުނެފައިވަނީ ދާދި ދެންމެއަކު އާންމުކުރި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައެވެ.

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ބަލިމީހުންނާއި އެކަހެރިކުރާ މީހުން ބޭތިއްބުމަށް ކަރަންޓީން/އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ދައުލަތަށް ބައެއް ރިސޯޓްތައް ގިނަވެގެން ތިން މަހުގެ މުއްދަތަށް ނެގުމަށް އެއްބަސްވުންތަކެއް ގާއިމްކުރެވުނެވެ. މިގޮތުން އެއްބަސްވެފައި ވަނީ ބޭނުންކުރާ ކޮންމެ ކޮޓަރިއަކަށް ދުވާލަކު 750 ރުފިޔާގެ ރޭޓުން، އިތުރު އެއްވެސް ކަމަކަށް ދައުލަތުން ޚަރަދުކުރަން ނުޖެހޭނެފަދަ ގޮތަކަށްކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް އޭގެ ތެރެއިން ރިސޯޓަކުން ޓީޖީއެސްޓީއަށްވާ 12 އިންސައްތަ ހިމެނޭގޮތަށް ދުވާލަކު 840 ރުފިޔާގެ ރޭޓުން ބިލްކޮށްފައިވާކަމަށް ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެވެ. އެހެންކަމުން އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް ޖުމްލަ 206،280 ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ގެސްޓްހައުސްތަކުން އެކަމަޑޭޝަން ހަމަޖެއްސުމުގައިވެސް ގިނަ މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށްފައެވެ. އެގޮތުން އެފަދަ ގެސްޓްހައުސްތަކާ އެކު އެއްބަސްވުމެއްވެސް ގާއިމްކޮށްފައިނުވާކަމަށް ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި
23 Oct 2026 ހަބަރު

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ރަސްމީ ނިޒާމުގެ ތެރެއިން ގައުމަށް ފައިސާ ފޮނުވުން )ރެމިޓެންސް( ފަސޭހަކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖޭގައި އެ ގައުމުގެ ބޭންކުތަކުގެ ގޮފިތައް ހުޅުވުމުގެ ފުރުސަތުތައް ބަންގްލަދޭޝް ބޭންކް )ބީބީ( އިން ބަލަން ފަށައިފިއެވެ.

ނޮޅިވަރަމްގެ ގިނަ ގެތައް ފެނުއަޑީގައި؛ ފެންގަނޑު ނުހިނދިގެން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ
23 Oct 2026 ހަބަރު

ނޮޅިވަރަމްގެ ގިނަ ގެތައް ފެނުއަޑީގައި؛ ފެންގަނޑު ނުހިނދިގެން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ

ރަށު ކައުންސިލާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ފަސް ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދިވެސް ފެންގަނޑު ހިންދިފައި ނުވާ ކަމަށެވެ. މި ނާޒުކު ޙާލަތުން އަރައިގަތުމަށްޓަކައި ކައުންސިލުން މިހާރު ވަނީ ސިފައިންގެ އެހީތެރިކަމަށްވެސް އެދިފައެވެ.

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ
23 Oct 2026 ހަބަރު

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާވެދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާދަމާވެސް މޫސުން ގޯސްވާނެ؛ މޫސުން ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓް
23 Oct 2026 ހަބަރު

މާދަމާވެސް މޫސުން ގޯސްވާނެ؛ މޫސުން ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓް

މާދަމާވެސް ބޯކޮށްވާރޭ ވެހޭނެ ކަމަށާ، ރާއްޖޭގެ މޫސުން އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ )މެޓް( އިން ލަފާކޮށްފިއެވެ.

40 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި؛
23 Oct 2026 ހަބަރު

40 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި؛

މެޓް އޮފީހުން ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަޙައްދުތަކަށެވެ. އެ ސަރަހަައްދަށް ހުދު ސަމާލުނެރުނީ 15:00 އާ ހަމައަށެވެ.

ވިއްސާރައިގައި އުތުރުގެ ރަށްތަކުގެ ގިނަ ގެތަކަކަށް ގެއްލުން؛ ބައެއް ގެތަކުގެ އަޑިންވެސް ފެން އަރަމުންދޭ: އެންޑީއެމްއޭ
23 Oct 2026 ހަބަރު

ވިއްސާރައިގައި އުތުރުގެ ރަށްތަކުގެ ގިނަ ގެތަކަކަށް ގެއްލުން؛ ބައެއް ގެތަކުގެ އަޑިންވެސް ފެން އަރަމުންދޭ: އެންޑީއެމްއޭ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ )އެންޑީއެމްއޭ( އިން ބުނެފިއެވެ.

ޕާކިސްތާނުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު؛ ”ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވުނު“
23 Oct 2026 ހަބަރު

ޕާކިސްތާނުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު؛ ”ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވުނު“

ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް މުޢިއްޒުވަނީ އެމަނިކުފާނަށާއި އަނބިކަނބަލުންނަށް އަދި ދިވެހި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ކީ ހޫނު މަރުޙަބާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް އަދި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.