17 Sep 2020 | 12:55
ޗައިނާ ބެކްކޮށްދޭ އޭއައިއައިބީ ން 1 ބިލިޔަން ޑޮލަރުގެ ދެ ލޯނެއް އިންޑިއާއިން ނަގާފައިވޭ

ޗައިނާއިން އިސްވެ އޮވެގެން އުފައްދާފައިވާ އޭޝިޔަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު އިންޑިއާއިން 9 ހާސް ކްރޯޑް ރުޕީސްގެ ދެލޯނު މިއަހަރު ނަގާފައިވާކަމަށް އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފައިނޭސް އަނޫރާގު ޓާކުރް އިއްޔެ އިންޑިއާގެ ގާނޫން ހަދާ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

500 މިލިޔަން ޑޮލަރު ( 3676 ކްރޯޑް ރުޕީސް) ގެ ލޯންގައި އިންޑިއާއިން ސޮއިކުރީ މިއަހަރުގެ މޭމަހުގެ 8 ވަނަ ދުވަހުއެވެ. ލޯން ނަގާފައިވަނީ ކޮވިޑް 19 ކްރައިސިސް ރިކަވަރީ ފެސިލިޓީއެއްގެ ގޮތުގައެވެ. ބޭނުމަކީ އިންޑިއާއަށް ކޮވިޑްބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ ނުރައްކާތަކާއި ގައުމުގެ ސިއްހީ ނިޒާމު ބައްޔާއި ދެކޮޅަށް ތައްޔާރުވުމެވެ.

ދެވަނަ ލޯނަކީ 750 މިލިޔަން ޑޮލަރު ( 5514 ކްރޯޑް ރުޕީސް) ގެ ލޯނެކެވެ. މިލޯންގައި ސޮއިކުރީ ޖޫންމަހުގެ 19 ވަނަ ދުވަހުއެވެ. މިއީވެސް ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން އިންޑިއާއަށް ކުރިމަތިވެފައިވާ ދަތިތަކާއި އަދި އިންޑިއާގެ ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް އެހީވުމުގެ ގޮތުން ނަގަން ނިންމި ލޯނެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އޭޝިއަން އިންފްރާސްޓަރަކްޗަރ އިންވެސްޓްމަންޓް ބޭންކާއެކު މިލޯންތަކުގައި އިންޑިއާއިން ސޮއިކޮށްފައިވަނީ ޗައިނާއާއެކު ސަރަހައްދީ ރޮނގުގެ މައްސަލާގައި އަރައިރުން ހިގަމުންދަނިކޮށެވެ. މިލޯންތަކުގެތެރެއިން ފުރަތަމަ 500 މިލިޔަންޑޮލަރުގެ ލޯން ފައިސާގެތެރެއިން 251.25 މިލިޔަން ޑޮލަރު ބޭންކު އިންޑިއާއަށް ދޫކޮށްފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މިލޯންތަކަކީ މިހާތަނަށް އެބޭންކުން މެމްބަރ ގައުމަކަށް ދޫކުރި އެންމެ ބޮޑެތި ލޯންތަކުގެތެރޭގައި ހިމެނޭ ލޯންތަކެކެވެ. ޓާކޫރު ވިދާޅުވީ ކޮރޯނާބަލިމަޑުކަމާއިގުޅިގެން ވޯލްޑު ބޭންކުންވެސް އިންޑިޔާއިން 2.5 ބިލިޔަން ޑޮލަރުގެ ތިން ލޯނެއް ނަގާފައިވާ ކަމަށެވެ.

ޗައިނާއާއެކު ގުޅުންތައް ގޯސްވެފައިވަނިކޮށް ޗައިނާގެ ކޮންޓްރޯލް އޮންނަ ބޭންކަކުން މިދަނޑިވަޅުގައި ބޮޑެތި ލޯންތަކެއް ނެގުމުން އިދިކޮޅު ކޮންގްރެސްޕާޓީގެ ލީޑަރ ރާހުލް ގާންދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އަދި ޗައިނާއާއި ގުޅޭ ވަރަށް ތަފާތު އެހެން ޚަބަރެއްވެސް އިންޑިއާގެ މީޑިއާއިން އިއްޔެ ފާހަގަކޮށްލެވުނެވެ. އެއީ ޗައިނާ ސިފައިން އިންޑިއާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިއާފަޅިއަށް ވަދެ ތަޅާފޮޅައި އިންޑިއާގެ 20 ސިފައިން މަރުވެ، އެކަމުގެ ރުޅިވެރިކަން ޗައިނާއާއި ދެކޮޅަށް ވަރަށް ބޮޑަށް އިންޑިއާގައި ފާޅުކުރެވެމުންދަނިކޮށް އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަންޖަންސިންގ ޕާލަމެންޓަށް ލިޔުމުން ފޮނުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޗައިނާ ސިފައިން އިންޑިއާ ސަރަހައްދުތެރެއަށް ވޭތުވެދިޔަ ހަމަސްދުވަހުގެތެރޭގައިވެސް ވަދެފައިނުވާކަމަށެވެ. 

މިބަޔާނާއިގުޅިގެން އިންޑިއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މީހުން ސުވާލުކުރަނީ ސަރުކާރުން ދެފަހަރު ދެގޮތަށް ވާހަކަދައްކަނީ ކީއްވެގެންބާއެވެ. ޗައިނާ ސިފައިން އިންޑިއާގެ ސަރަހައްދަށް ނުވަންނަނަމަ އިންޑިއާ ސިފައިންގެ ވިހި މީހުން މަރުވާންޖެހުނީ ކީއްވެގެންބާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.