މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 48 މީހުން!

22 Sep 2020 | 22:08

ރާއްޖެއިން އިތުރު 48 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް މި ބައްޔަށް 48 މީހުން ޕޮޒިޓިވްވެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 20 ބިދޭސީންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9818 އަށް އަރާފައެވެ. މީގެތެރެއިން 674 މީހުންނަށް ފަރުވާ ދެމުން އަންނައިރު 92 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8438 އަށް އަރާފައެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 34 މީހަކު ނިޔާވެފައެވެ.

Advertisement

ކޮމެންޓް