އޮކްޓޯބަރު މަހުގެ 4އިން ފެށިގެން ކީސްޓޭޖް 4 އަދި 5ގެ ކިޔެވުން މާލޭގެ ސްކޫލްތަކުގައި ބާއްވަނީ

26 Sep 2020 | 12:56

އަންނަ އޮކްޓޯބަރު މަހުގެ 4އިން ފެށިގެން ކީސްޓޭޖް 4އަދި 5ގެ ކިޔެވުން މާލޭގެ ސްކޫލްތަކުގައި ބޭއްވުމަށް ނިންމައިފިއެވެ.

މިކަން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަނީ ޓްވިޓަރ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ‏ކޯވިޑް-19ގެ މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތީން، އަންނަ އޮކްޓޫބަރު މަހުގެ 4 އިން ފެށިގެން މާލޭސިޓީގެ ސްކޫލްތަކުގައި ކީ ސްޓޭޖް 4 އަކާއި 5ގެ ދަރިވަރުންގެ ކިޔެވުން ފެށުމަށް މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ. ކީސްޓޭޖް 4 އަދި 5ގައި ހިމެނެނީ ގްރޭޑް 9-12ގެ ދަރިވަރުންނެވެ.

މި ގްރޭޑްތަކަށް ސްކޫލްތަކުގައި ކިޔަވައިދޭން ނިންމާފައިވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. ގްރޭޑް 9-12ގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔެވިޔަސް، ވަކިގޮތެއް އަންގަންދެން އެހެން ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ.

Advertisement

ކޮމެންޓް