27 Sep 2020 | 14:58
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޒިޔާދުގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފި

ކުރީގެ އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒިޔާދުގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.  

އެގޮތުން އެބޭފުޅާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމުގައި ހުރިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާތީއާއި، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާތީ، ޑޮކްޓަރ އަޙްމަދު ޒިޔާދުގެ މައްޗަށް ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅާފައެވެ.

މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

އަދި ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މަޢުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެސް ޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ބަޔާންކޮށް، އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، ކ. މާލެ، މ. މުޙައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅާފައެވެ.

މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

މި މުޢާމަލާތާ ގުޅިގެން، މިމުޢާމަލާތުގެ އެކި މަރްޙަލާތަކުގައި ހިމެނޭ، ޑަބްލިއު އެންޑް އޭ އޯވަރސީސް ޕީޓީއީއާއި އެކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެމައްސަލައިގައި ހިމެނޭ އެބައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށް އޭސީސީއަށް ޕީޖީން ވަނީ ލަފާދީފައެވެ.

އަދި، މިމައްސަލައިގެ ތެރޭގައި، އިސްލާމިކް މިނިސްޓްރީން ޢާންމުކޮށްފައިނުވާ މަޢުލޫމާތުތަކެއް އެސް ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ މިކަން ވެފައިވާގޮތް އިތުރަށް ތަޙްޤީޤްކޮށް، މިކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށްވެސް އޭސީސީއަށް ވަނީ ލަފާދީފައެވެ.

ފޮޓޯ: އެޑިޝަން

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jul 2026
އިރުމަތީ ގުދުސްގައި އިޒްރޭލުން އާ ބިން ފޭރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަނީ
އިޒްރޭލުގެ ޖަމާއަތެއް ކަމަށްވާ "އިރް އާމީމް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގުދުސްގެ ޑިސްޓްރިކްޓް ޕްލޭނިން އެންޑް ބިލްޑިން ކޮމިޓީން މިހާރު ވަނީ އުންމު ލައިސޫންގައި ޔަހޫދީންނަށް ހާއްސަ 450 ހައުސިން ޔުނިޓް އެޅުމުގެ ހުއްދަ ދީފައި ކަމަށެވެ. މިއީ އިންފްރާސްޓްރަކްޗާގެ މައްސަލަތަކަކާ ހުރެ ދެ އަހަރަށް ވުރެ ގިނަ ދުވަހު މަޑުޖެހިފައި އޮތް މަޝްރޫއެކެވެ.
12 Jul 2026
ޕީއެންސީގެ ވޯޓް ކުރިއަށް ދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލަ: ދެ ޒުވާނަކު ހައްޔަރު
ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
12 Jul 2026
ބޭރުގައި ކިޔަވަން އަދާލަތު ޕާޓީން 20 ސްކޮލާޝިޕް ދެނީ، މާލީ ގޮތުން ދަށް މީހުންނަށް އިސްކަން
އެ ޕާޓީން ބުނީ މި ސްކޮލަޝިޕް ތަކުގެ ތެރެއިން 26 އޮކްޓޫބަރު ގައި ފައްޓާ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަަށެވެ.
12 Jul 2026
ލޮރީ ދަށުވެ މަރުވީ 39 އަހަރުގެ ދިވެއްސެއް، ލޮރީގައި ޖެހި އެކްސިޑެންޓްވީ ކަމަށް ނުބެލެވޭ
މަންޒަރު ދުށް ބައެއް މީހުން ބުނީ ބާރު ސްޕީޑްގައި އައި ސައިކަލު ކަހާލީ ކަމަށެވެ.
12 Jul 2026
ވެހިކަލް އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އޮފީހެއް އުފައްދައިފި
މިކަން ޢިއުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.
12 Jul 2026
ރާއްޖޭގެ އާބާދީގެ ކޮންމެ 3 މީހުންގެ ތެރެއިން އެކަކީ ބިދޭސީއެއް
ބިދޭސީންގެ އާބާދީއަށް ބަލާއިރު، ބިދޭސީންގެ އަންހެނުންގެ އަދަދާއި ފިރިހެނުންގެ އަދަދު ވަރަށްބޮޑު ފަރަގެއް ހުރިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގައި އެންމެގިނައިން އުޅެނީ ފިރިހެނުންނެވެ.
12 Jul 2026
ލޮރީއަކާ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، އަނިޔާވި އެކަކު ނިޔާވެއްޖެ
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދުގެ 15:57 ހާއިރުކަމަށް ފުލުހުން ބުންޏެވެ
12 Jul 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަށްނަން ހުށަހެޅުމުގެ ފުރުސަތު
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން އަންނަ އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.