ޚިޔާނާތުގެ ފައިސާ އަޅުގަނޑަކަށް ނުލިބޭ: ރައީސް ނަޝީދު

02 Oct 2020 | 22:28

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ އެމަނިކުފާނަށް ލިބިފައި ނުވާކަމަށް ތަކުރާރުކޮށް ދަންނަވާކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހިޔާނާތުގެ ފައިސާއިން މަންފާ ނުލިބޭ ސިޔާސީ ޕާޓީއެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ އިއްޔެ އޮތް ކޯޓު އަޑުއެހުމުގައި ވިދާޅުވެފައެވެ.

އަދީބް ވިދާޅުވީ މި މައްސަލައަކީ ވަރަށް ގިނަ ބައެއް ޝާމިލްވާ މައްސަލައެއްކަމަށާއި މިކަމުން ވަރަށް ގިނަ ބަޔަކަށް މަންފާވެފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައިން މަންފާ ނުވާ ސިޔާސީ ޕާޓީއެއް ނެތްކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގައި ނެގުނު ވޯޓުތަކުގައިވެސް މި ފައިސާ ވަނީ ބޭނުންކޮށްފައިވާނެކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބް ވަނީ އޭނާ ފައިސާ ބަހާފައިވާ މަޖިލިސް މެންބަރުންނާއި ސިޔާސީ ޕާޓީތަކުން ރުހުންދީ މި ސަރުކާރުން އެކުލަވާލާފައިވާ ކޮމިޝަންތަކަށް ފައިސާ ހޯދޭނެކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް