ރައީސްގެ ސްކޮލާރޝިޕްގައި ކިޔަވާ ދަރިވަރުންގެ ކަރަންޓީންފީ ދެއްކޭކަށްނެތް: ސަރުކާރު

01 Oct 2020 | 22:20

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގެ ދަރިވަރުންގެ ކަރަންޓީންވުމަށް ޤައުމުތަކުން ނަޤާފީ ދެއްކޭކަށްނެތްކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖޫމްހޫރިއްޔާގެ ސްކޮލާޝިޕްއަކީ ކިޔެވުމުގެ ހުރިހާކަމެއް ސަރުކާރުގެ ހަރަދުގައި ކުރެވޭގޮތަށް ހަމަޖެހިފައިވާ މަތީތައުލީމް ހާސިލްކުރުމަށް ސަރުކާރުން ދެވޭ ފުރުސަތެކެވެ. މި ފުރުސަތު ލިބެނީ އެންމެ މަތީ ގްރޭޑް ހޯދާކުދިންނަށެވެ.

ރާއްޖެއިން ބޭރުގެ ބައެއް ޔުނިވާސިޓީ އަދި ކޮލެޖްތަކުގެ ކިޔެވުން ފަށުމަށް ތައްޔާރުވުމާއެކު ރާއްޖޭގައި ތިބި ކިޔަވާ ކުދިން އެނބުރި ޤައުމުތަކަށް ދިޔުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިއާއެކު އެ ޤައުމުތަކަށް ބޭރުން އަންނަ ފަރާތްތައް ކަރަންޓީންކުރުމަށް ހަމަޖައްސާފައިވާއިރު މިކަން ހަމަ ޖައްސަން ޖެހެނީ ކަރަންޓީންވާ ފަރާތްތަކުގެ އަމިއްލަ ހަރަދުގައެވެ.

އެގޮތުން ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ކުދިން ތަޢުލީމް ހާސިލްކުރަމުން އަންނަ މެލޭޝިއާއިން ވަނީ 1200 ޑޮލަރު ކުއްޖެއް އަތުން ކަރަންޓީންކުރުމަށް ނެގުމަށް ނިންމާފައެވެ.

މިކަމާއި ގުޅިގެން "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ސޮކްލާޝިޕްގައި ދިޔަކަމުގައިވިޔަސް ކަރަންޓީން ފީ ސަރުކާރުން ދެއްކުމަށް ހަމަޖެހިފައިނުވާކަމަށެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާ ބެހޭ ފަރާތްތަކަށް ވަނީ ކިޔަވާ ކުދިން ޕެޓިޝަންއެއް ލާފައެވެ. ނަމަވެސް އޭގެ ޖަވާބެއް މިހާތަނަށް ލިބިފައިނުވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިލިން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހަމަ ޖައްސާފައިވީނަމަވެސް، މިފަދަ ކަންކަން ސަރުކާރުން ހަމަ ނުޖެއްސުމުންނާއި ކޮވިޑް-19 އާއި ގުޅިގެން މިލިއަން ރުފިޔާގެ ބަޖެޓަށް ސަރުކާރުން ހިޔާނާތްތެރިވެފައިވާކަމަށް އޮޑިޓް ރިޕޯޓްތަކުގައި ވުމާއެކު ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

Advertisement

ކޮމެންޓް