05 Oct 2020 | 04:55
ރެއާލް މޮޅުވެ އެއްވަނައަށް، ބާސާއަށް ޕޮއިންޓެއް

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް އަދި ލެވަންޓޭ ވާދަކުރި މެޗް 2-0 ކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގައި ރެއާލްގެ ގޯލްތައް ކާމިޔާބު ކޮށްދިނީ ވިނީސިއަސް ޖޫނިއާ އަދި ކަރީމް ބެންޒީމާއެވެ. ބެންޒީމާގެ މި ގޯލަކީ އޭނާ ރެއާލްއަށް ކާމިޔާބު ކޮށްދިން 250 ވަނަ ގޯލެވެ.

ރެއާލް ޑޮމިނޭޓް ކުރި މި މެޗުގައި ފެނުނު ގޯލުތަކުގެ އިރުތުންވެސް އެޓީމް ވަނީ ނުރައްކާތެރި ހަމަލާތަކެއް އިދިކޮޅު ގޯލަށް ފޮނުވާލާފައެވެ. އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު ކެޕްޓަން ސާޖިއޯ ރާމޯސް ގޯލުތެރެއަށް ވައްދާލި ބޯޅައެއް ރެފްރީ ވަނީ ގޯލެއް ނޫންކަމަށްވެސް ނިންމާފައެވެ.

ރެފްރީ ނިންމީ ބޮލުން ގޯލުތެރެއަށް ބޯޅަ ވައްދާލަން އުޅުމުގެ ތެރޭގައި ރާމޯސް ފުއުލް ކޮށްފައިވާކަމަށެވެ.

ލީގުގައި ދެން ކުޅެވުނު މެޗުގައި ރެއާލްއާއި ވާދަވެރި ބާސެލޯނާ ކުޅުނު މެޗް ނިމުނީ 1-1 ކުން އެއްވަރުވެގެންނެވެ.

ނިމިދިޔަ ސީޒަނުގެ ޔޫރޯޕާ ލީގް ޗެންޕިއަން ސެވިއްޔާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ސެވިއްޔާއިން ވަނީ 8 ވަނަ މިނެޓުގައި ޑި ޖޮންގް ޖެހި ގޯލާއެކު ލީޑް ނަގާފައެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން ޖޯޑީ އަލްބާ ދިން ބޯޅައަކުން ކޫޓީނިއޯ ވަނީ ބާސެލޯނާ އަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ.

ތިން މެޗް ކުޅެ ދެޓީމަށްވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ 5 ވަނައިގަ އޮތީ ލަނޑުގެ ތަފާތުންނެވެ. ސެވިއްޔާ އޮތީ 6 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ