ޖަޕާނުގެ ސައިބަރ ސެކިއުރިޓީ މިނިސްޓަރ ދުވަހަކުވެސް ކޮންޕިއުޓަރ ބޭނުމެއް ނުކުރޭ!

21 Nov 2018 | 10:38

ޖަޕާނުގެ ސައިބަރ ސެކިއުރިޓީ މިނިސްޓަރ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އައްޔަންކޮށްފައިވާ، ޔޮޝިޓާކާ ސަކުރާދާ އަކީ ދުވަހަކުވެސް ކޮންޕިއުޓަރެއް ބޭނުންކޮށްފައިވާ ފަރާތެއް ނޫންކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.

ޔޮޝިޓާކާާ މިހެން ވިދާޅުވީ، ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުން އެބޭފުޅާއަށް ރުހުން ދިނުމަށް ބޭއްވި ސުވާލު ސެޝަންގައި ޖަވާބުދެއްވަމުންނެވެ. އެބޭފުޅާ ވިދާޅުވީ އުމުރުފުޅުން ފަންސަވީސް އަހަރުން ފެށިގެން ކަންތައް ކުރާނެ ގޮތްތައް މީހުންނަށް ކިޔައިދެއްވަމުން ދާތީ، ކޮންޕިއުޓަރ ބޭނުންކުރަން ޖެހިފައިނުވާ ކަމަށެވެ. 

އެބޭފުޅާ ވަނީ ޔޫއެސްބީ އަކީ ކޮބައިކަންވެސް ނޭނގޭ ކަމަށް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވެފައެވެ.

މިއާއިއެކު މެންބަރުން ވަނީ ވަޒީރާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެމަނިކުފާނަށް މަގާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރެވޭނެތޯ ސުވާލު އުފައްދާފައެވެ.

ޔޮޝިޓާކާ އަކީ 2020ގައި ޓޯކިޔޯގަައި އޮންނަ އޮލިމްޕިކްސް އިންތިޒާމް ކުރުމުގައިވެސް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ.

Advertisement

ކޮމެންޓް