17 Oct 2020 | 13:28
މޯލްޑިވިއަން ބްލަޑް ސާރވިސަސްއަށް ޑިރެކްޓަރ ޖެނެރަލަކު ހޯދަން އިއުލާންކޮށްފި

މޯލްޑިވިއަން ބްލަޑް ސާރވިސަސްއަށް ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލަކު ހޯދަން އިއުލާންކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ ( ނ ) ގައި ބަޔާންކޮށްފައިވާ ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ކަމުގައި އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމާއި، އަދި ދިވެހި ރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލް ކުރުމާއި ގުޅޭ ގޮތުން ޤައުމީ ފެންވަރުގައި ހިންގަންޖެހޭ މަޝްރޫތަށް އެކުލަވާލައި ތަންފީޒުކުރުން އަދި މޮނީޓަރކޮށް ބެލެހެއްޓުމާއި އަދި ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ މަސައްކަތްތަކާއި އިޚްތިޞާޞްތައް ކަމުގައި ކަނޑައަޅާފައިވާ ކަންކަން ހިންގައި ބެލެހެއްޓުން ފަދަ ކަންތައްތައް ކަމަށެވެ.

މީގެ އިތުރުން ތެލެސީމިއާ ކުދިންގެ ފަރުވާ ކުރިއަށްދާގޮތް މޮނިޓަރކުރުމާއި ފަރުވާ ކުރިއަށްގެންދިއުމުގެ ޕްރޮޓޮކޯލްގެ ތެރެއިން ރިވިއު ކުރަންޖެހޭ ކަންކަން ދެނެގަނެ ގެންނަންޖެހޭ ބަދަލުތައް ގެނައުން އަދި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު ރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްޤީގެ މަޝްރޫއުތައް އެކުލަވާލުމާއި، ފަރުވާގެކަންކަން ހަރުދަނާކުރުމަށް ބޭނުންވާ ސްޓްރެޓީޖިކް ޕްލޭނާއި، މަސައްކަތު ތާވަލް އެކުލަވައި ތަންފީޒްކޮށް ހިންގައި މޮނިޓަރކޮށް ބެލެހެއްޓުމަކީވެސް މި މަގާމުގެ މަސްއޫލިއްޔަތެކެވެ.

މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

މި މަގާމާއި ގުޅޭ ތައުލީމީ ދާއިރާތަކަކީ ހެލްތު ސައިންސް، ލެބޯޓަރީ ސައިންސް، މެނޭޖްމަންޓް، މެޑިސިން، ނާސިންގއެވެ.

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގައި ދިވެހި ރައްޔިތުން ތެލަސީމިއާއިން ރައްކާތެރިކުރުމާއި، ދިވެހިރާއްޖޭގައި ތެލަސީމިއާ އިތުރުވަމުންދާ ނިސްބަތް ކޮންޓްރޯލްކުރުމާއި، ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމާއި، ތެލަސީމިއާ އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ އާންމު ޒިންމާ ގައުމުގެ ފެންވަރުގައި އުފުލައި، އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވުމަށްޓަކައި، ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ ނަމުގައި ސެންޓަރެއް އުފައްދަން ޖެހެއެވެ. އަދި ވަޒީރުގެ ދަށުން މަސައްކަތްކުރާނެ ޑިރެކްޓަރ ޖެނެރަލަކު މި ސެންޓަރގައި ހުންނަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jun 2026
ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
24 Jun 2026
ތެލުގެ އަގު މިހާރު ހެޔޮނުވެގެން އުޅެނީ ވިޔަފާރިވެރިން ދަހިކަމުން: ޓްރަމްޕް
ޕޯސްޓްގައި ޓްރަމްޕް ވަނީ ދުނިޔޭގެ ބާޒާރުގައި ސާފްނުކުރާ ތެލުގެ އަގު ދަށްވިނަމަވެސް އާއްމުނަށް ތެއޮ ވިއްކާ ފަރާތްތަކުން އަގުހެޔޮނުކޮށް ބޮޑު އަގުގައި ވިޔަފާރިތަކުން ފައިދާ ހޯދަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ
24 Jun 2026
ވަރލްޑް ބޭންކުގެ ޓީމެއް ރާއްޖޭގައި
ރާއްޖޭގެ ޤައުމީ ތަރައްޤީގެ އަމާޒުތަކާ ގުޅޭ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށް ފިނޭންސުން ބުންޏެވެ
24 Jun 2026
ޕީސީބީގެ ރައީސް ނިޒާރަށް މަޖިލީހުން ރުހުން ދީފި
މަޖިލީހުން ނިޒާރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
24 Jun 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
ކޮމެޓީގެ ނިންމުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގެ މިއަދު ނެގި ވޯޓްގައި ޒަރީރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
24 Jun 2026
އެމްޓީސީސީގެ ޗެއަޕާސަން ކަމަށް ސަޢާދާ އިބްރާހިމްް
ޕީސީބީން މިއަދު ބުނީ އެމްޓީސީސީގެ ޗެއާޕާސަން ކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަޕްތަރު ނަންބަރ ރސ 14819، ސަޢާދާ އިބްރާހިމް އައްޔަނުކޮށްފައިވާ ކަމަށެވެ.
24 Jun 2026
ފުވައްމުލައް ސިޓީގައި އިމާރާތްކުރި ޤުރުއާން މަރުކަޒު ހުޅުވަން ތައްޔާރުވެއްޖެ
މިނިސްޓަރު ޝަހީމް ވިދާޅުވީ، މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވަނީ އަންނަ ހުކުރުދުވަހުގެ 16:30 ގައި ކަމަށެވެ
24 Jun 2026
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑުން ޢާއިޝަތު އަލީ ވަކިކޮށްފި
ޕީސީބީން މިއަދު ބުނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުން ބޯޑުގެ މެންބަރުކަމުގެ މަގާމުން މ.ވާރޭވިލާ، ޢާއިޝަތު ޢަލީ, މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.