ބަލި ކޮންޓްރޯލް ކުރުމަށް ކުޅުދުއްފުށީގައި އިތުރު ފިޔަވަޅުތަކެއް އަޅަނީ

19 Oct 2020 | 12:28

ކުޅުދުއްފުށީގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީން) ބުނެފިއެވެ.

އެޗްއީއޯސީއިން ރޭ ބުނީ ކުޅުދުއްފުށިން މިމަހު ފެނުނު ކޮވިޑް-19 ގެ ކޭސްތަކާ ގުޅިގެން ރަށުގައި ބަލި ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން އެރަށުގެ ކޮވިޑް ޓާސްކްފޯހާއި އެޗްޕީއޭގެ ޓެކްނިކަލް ޓީމާއެކު އެރަށުގައި މަސައްކަތްކުރާނެ ގޮތާއިމެދު ވަނީ މަޝްވަރާކޮށްފައިވާކަމަށް ވަނީ މައުލޫމާތުދީފައެވެ.

ކުޅުދުއްފުށިން މިމަހު ފެނިފައިވާ ކޭސްތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ރޭގައި ވަނީ އިތުރު 4 މީހަކު ޕޮޒިޓިވް ވެފައެވެ.

ރަށުގައި ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވާއިރު މިހާތަނަށް ފެންނަ ގޮތުގައި ކުޅުދުއްފުށީގައި ވަނީ ލޯކަލް ޓްރާންސްމިޝަނެއް ހިންގާފައި ކަމަށްވެސް ވަނީ ބުނެފައެވެ.

ކުޅުދުއްފުށިން ކޮވިޑް-19 ފެނުމާއިއެކު އެރަށް ވަނީ މޮނިޓަރިންއަށް ލާފައެވެ. އަދި ކޮންމެހެން ބޭރަށް ނިކުންނަށް ޖެހިގެން ނޫނީ ނުނިކުތުމަށް ކައުންސިލުން ވަނީ ރައްޔިތުންނަށް އިރުޝާދު ދީފައެވެ.

ކޮވިޑް-19 ޖެހިގެން ދިވެހިރާއްޖެއިން ވަނީ މިހާތަނަށް 37 ވަނަ މީހަކު ނިޔާވެފައެވެ.

ޓްވިޓަރ ފޮޓޯ: @ހީވެސްނުވޭ

Advertisement

ކޮމެންޓް