25 Oct 2020 | 14:13
އަދީބު ގެއަށް ބަދަލުކުރީ ނިދުމަށް ޚާއްސަ މެޝިނެއް ބޭނުންކުރަން ޖެހޭތީ

ކުރީގެ ނައިބު ރަޢީސް އަޙްމަދު އަދީބު ގެއަށް ބަދަލުކުރެއްވީ ސިއްޙީ މައްސަލަތަކެއް ހުރި ކަމަށް ޑޮކްޓަރު ލަފާއަރުވާފައި ވާތީއާއި ނިދުމުގައި މެޝިމެއް ބޭނުންކުރަން ޖެހޭތީ ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ނައިބު ރައީސް އަދީބް ގެއަށް ބަދަލުކުރެއްވީ ސިއްޙީ މައްސަލަތަކެއް ހުރި ކަމަށް ޑޮކްޓަރުންލިޔުން ދީފައިވުމާ ގުޅިގެންނެވެ.

އެގޮތުން އަދީބަށް ނިދުމުގައި މައްސަލަ ތަކެއް ހުރެ، އެކަމަށް ޚާއްސަ މެޝިނެއް ބޭނުންކުރަން ޑޮކްޓަރުން ލިޔުންދީފައިވާ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އެ މެޝިނަކީ ޖަލުގައި ބޭނުންކުރެވޭ މެޝިނެއް ނޫންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ނިދުމުގައި މައްސަލަ ހުރުމުގެ އިތުރުން ފުއްޕާމޭގަވެސް މައްސަލަ ހުންނަ ކަމަށް ޑޮކްޓަރު ލިޔުން ދީފައިވާ ކަަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޑޮކްޓަރުން އެގޮތަށް ލިޔުންދެއްވާފައިވަނީ އަދީބު ޖަލުގައި ހުންނަވަނިކޮށް ވެއްޓިވަޑައިގެން ލިބިފައިވާ އަނިޔާއަކާ ގުޅިގެންނެވެ.

އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ. އެއީ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން، ކުރި ހަތް ދައުވާއާ ގުޅިގެންނެވެ. އެ ހަތް ދަޢުވާއަށް އޭނާ ވަނީ އިއުތިރާފްވެވަޑައިގެންފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ
04 Jul 2026
ކުޅިވަރަށް ހާއްސަ ރެއެއް: "މަންފާ އެކަޑަމީ" އިފްތިތާހު ކޮށްފި
މަންފާ އެކަޑަމީ އިފްތިތާހުކުރުމުގެ ގޮތުން އެކަމަށް ހާއްސަ ވީޑިއޯއެއް ވަނީ ދައްކާލާފަ އެވެ. އޭގެ ފަހުން މަންފާ އެކަޑަމީގެ ރަސްމީ ޖާޒީ ވަނީ ކޯޗް ސުޒެއިންނަށް ހަދިޔާކޮށްފަ އެވެ.
04 Jul 2026
އުނދަގޫ މެޗަކަށްފަހު ކޭޕް ވާޑް މޮޅުވެ އާޖެންޓީނާވެސް ގަދަ 16 އަށް
މެޗު ނިމުމުން، މާޓީނޭޒް އާއި މެސީ ފަދަ އާޖެންޓީނާގެ ކުޅުންތެރިން ވަނީ މާޔޫސްވެފައި ތިބި ކޭޕް ވާޑްގެ ކުޅުންތެރިން ކައިރިއަށް ގޮސް ހިތްވަރު ދީފައެވެ