ޔޯހައިމް ލޯ އިނގިރޭސި ޕްރިމިއަރ ލީގަށް؟

25 Sep 2018 | 18:17

ފާއިތުވެދިޔަ 12 އަހަރު ޖަރުމަނުގެ ގައުމީ ޓީމްގެ ކޯޗުކަން ކޮށްދީފައިވާ ޔޯހައިމް ލޯ އިނގިރޭސި ޕްރިމިއަރ ލީގުގައި ކޯޗުކަން ކޮށް ދިނުމަށް ޝައުގުވެރިވާކަހަލަ މޭރުމަކުން ވާހަކަ ދައްކާއިފިއެވެ. ފީފާ އެވޯޑްސް ހަފްލާގައި ވާހަކަ ދައްކަމުން ލޯ ބުނެފައިވަނީ އިނގިރޭސި ޕްރިމިއަރ ލީގަކީ އަބަދުވެސް އޭނާގެ ޝައުގުވެރިކަން ހުންނަ ލީގެއްކަމަށެވެ. ކުރިއަށް އޮތް 2 އަހަރުތެރޭ ވާނެ ގޮތެއް ނޭންގޭނެކަމަށާއި ޖަރުމަނު ގައުމީ ޓީމަށް ކޯޗުކަންކޮށްދެނީ ވަރަށް ކުރާ ހިތުންކަމަށެވެ. 58 އަހަރުގެ ލޯ މިހާރު ހުރީ 2022 އާއި ހަމައަށް ޖަރުމަނުގެ ގައުމީ ޓީމްގެ ކޯޗުމާއި ހަވާލުވެގެންނެވެ.

ލޯގެ ކޯޗުކަމުގެ ދަށުގައި ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމް ފީފާ ވޯލްޑް ކަޕް 2018ގެ ގްރޫޕް ސްޓޭޖުން ވަކިވި ނަމަވެސް ލޯގެ ކޯޗުކަމާއި އިރުޝާދުގެ ދަށުން ފީފާ ވޯލްޑް ކަޕް 2014 އަދި 2017 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕް  ޖަރުމަނުން ވަނީ ކާމިޔާބުކޮށްފައެވެ. 

Advertisement

ކޮމެންޓް