ޕީޕީއެމްގެ ކުއްލި ގައުމީ ޖަލްސާ ހުކުރު ދުވަހު

26 Sep 2018 | 11:47

ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޤައުމީ މަޖިލީހުގެ ޖަލްސާ އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ޕީޕީއެމްއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ހާއްސަގޮތުން ބާއްވާ ޕާޓީގެ ގައުމީ ޖަލްސާއެއް ބޭއްވުމަށް އެޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ގައުމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ސެޕްޓެމްބަރު 2018 ވާ ހުކުރު އަދި 29 ވާ ހޮނިހިރު، މި ދެދުވަހު މާލޭގައ ކަމަށް ޕީޕީއެމްއިން ބުންޏެވެ.

ޕީޕީއެމްގެ ޤައުމީ ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުން މިދަނީ، އެ ޕާޓީގެ ޤައުމީ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ޕާޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނިކޮށެވެ.

Advertisement

ކޮމެންޓް