ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 32 މީހުން!

21 Nov 2020 | 22:26

ދިވެހިރާއްޖެއިން އިތުރު 32 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 32 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 15 ބިދޭސީންނެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 12،578 އަށް އަރާފައެވެ. މީގެ ތެރެއިން 341 މީހަކަށް އައިސޮލޭޝަންގައި ފަރުވާދެމުން އަންނައިރު 82 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު 11،559 ވަނީ އަރާފައެވެ.

Advertisement

ކޮމެންޓް