މާލޭގެ ފަޅުތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

24 Nov 2020 | 11:25

މާލޭގެ ފަޅުތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 09:43 ހާއިރު މާލޭ ފަޅުތެރޭ މޫދަށް މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެމީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

މި މީހާ ފެނިފައިވަނީ ފުލުހުންގެ ޓޯޔާޑާއި ކައިރި މޫދުގެ ސަރަހައްދުންނެވެ. 

މި މީހާ ހޮސްޕިޓަލަށް ގެންދެވުނު އިރުގައިވެސް އޮތީ ނިޔާވެފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މީހާ އަކީ 58 އަހަރުގެ އިނގިރޭސިވިލާތަށް ނިސްބަތްވާ ފިރިހެނެކެވެ.

ފޮޓޯ: އެމްވީ ކްރައިސިސް

Advertisement

ކޮމެންޓް