Advertisement

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް އަނިޔާކުރި މުވައްޒަފުންތަކެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

24 Nov 2020 | 16:55

ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެތަނުގައި ތިބި ކުދިންތަކަކަށް 2017 ވަނަ އަހަރުގައި އަނިޔާކޮށްފައިވާ މައްސަލައާއި ގުޅިގެން އެތަނުގެ 11 މީހަކަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ކުޑަކުދިންގެ މައްސަލަ ބަލާ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާއި މެދު އެތަނުގެ މުވައްޒަފުންގެ ފަރާތުން އެކިއެކި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދީފައިވާ މައްސަލައެއް އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަ  2018 ގައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ރިޕޯޓްކޮށްފައި ވީނަމަވެސް، މިހާތަނަށްވެސް އެ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތެއްގެ މައްޗަށް ފިޔަވަޅެއް އަޅާފައިނުވާކަން ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ވީ އެންމެ އަވަހަކަށް އެ މައްސަލައިގެ ތަޙްގީގު ފުރިހަމަކޮށް، ތުހުމަތުކލުރެވޭ ފަރާތަތަކުގެ މައްޗަށް ދަޢުވާ އުފުލުމަށްތަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނޫ އަސާސީގެ 223 ވަނަ މާއަދާގެ (ޅ) އާއި ޤާނޫނު ނަމްބަރު 9/2008 ( ޕްރޮސެކިއުޓާ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ޅ) ދަށުން ޕްރޮސެކިއުޓަރ ޖެނެރަލް އަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުން، އެ ކޮމިޝަނުގެ ފަންނީ ލަފައާއި އިރުޝާދާއި މަޝްވަރާގެ ދަށުން މޯލްޑިވްސް ޕޮލިސް ސާރވިސް އިން އެ މައްސަލައިގެ ތަހްގީގު ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް ދައުވާ ކުރުމަށް ފޮނުވުމުގެ އަމުރެއް 11 އޮކްޓޫބަރު 2020 ގައި ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ ނެރުއްވާފައި ކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އަދި އެ މައްސަލައިގެ ތަޙުޤީޤު މުސްތަޤިއްލު ކަމާއެކު ކުރިއަށް ގެންދިޔުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކާއި އެކު، އެ ކޮމިޝަނާއި، ފުލުހުން އަދި ޕްރޮސިކިއުޓަރުން ހިމެނޭގޮތުން އެކުލަވާލެވުނު ޚާއްސަ ޓީމުން މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކުރުމަށްޓަކައި އޮކްޓޯބަރު 12 ގައި މަސައްކަތް ފެށި ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. 

އަދި އެ މައްސަލައިގެ ތަޙުޤީޤު ފުރިހަމަކުރުމަށްޓަކައި އިތުރަށް 24 ފަރާތަކާ ސުވާލުކުރެވި، 24 ބަޔާން ނަގައި، 05 ކުޑަކުދިންނާ އަދި، މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ފަރާތެއް ދެނެގަނެވިފައިވާކަމަށް އެ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެ މައްސަލައިގެ ތުހުމަތުގައި ހިމެނޭ 11 މީހެއްގެ މައްޗަށް ދަޢުވާ އުފުލައިދިނުމަށް އެދި، އިއްޔެ މި މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުމަށް އެ އޮފީހުން މައްސަލަ ބަލައިގަނެ، ދަޢުވާ އުފުލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement