ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 17 މީހުން!

30 Nov 2020 | 22:25

ދިވެހިރާއްޖެއިން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 17 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 15 މީހުންނާއި އޮޕަރޭޓްކުރަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 01 މީހުން އަދި މީހުން ދިރިއުޅޭ ރަށަކުން ޕޮޒިޓިވްވި މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،011 އަށް އަރާފައެވެ. މީގެ ތެރެއިން 95 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 11،939 އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement