މަގާމުތައް ހޯދުމަށް މެންބަރުންގެ އަރިހުގައި ލޮބީ ނުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި

03 Dec 2020 | 12:16

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވޯޓުލައިގެން މީހުން އައްޔަންކުރާ މަގާމުތައް ހޯދުމަށް މަޖިލީހުގެ މެންބަރުންގެ އަރިހުގައި ލޮބީ ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މެންބަރުން އިންސާފުވެރިވުމަށް ކުރެވޭ މަސައްކަތުގައި އެފަދައިން ފޮނުވާ މެސެޖްތަކުގެ މަތިން އަބަދުވެސް ހަނދާންވާނެ ކަމަށެވެ. އެފަދައިން އަމަލުކުރުމުން އެންމެފަހުން ވާގޮތަކީ މެސެޖްކުރި ފަރާތަށް ވޯޓު ނުދެވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އެއީ ކުރަން ރަނގަޅުކަމެއްކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށާއި، ލޮބީ ނުކުރުމަށް އެދިވަޑައިގެންފައެވެ.

ދައުލަތުގެ އެކި މުއައްސަސާތަކުގެ މަގާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ނަންތައް ތަރުތީބުކޮށް ރައީސް އޮފީހުން ފޮނުވުމުން، އެފަރާތްތައް އައްޔަންކުރުމާއި މެދު ގޮތެއް ނިންމަނީ މަޖިލީހުންނެވެ. ނަމަވެސް މަޖިލީހުގެ މި މަސައްކަތުގެ ތެރެއަށް ސިޔާސީ އަދި އެހެނިހެން ނުފޫޒުތައް އަބަދުވެސް ވަންނަ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

Advertisement

ކޮމެންޓް