ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ އަހަރުގެ ޖެނުއަރީމަހުގެ 4ވަނަ ދުވަހާއި ހަމައަށް!

05 Dec 2020 | 22:13

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިއަހަރުގެ 12 މާރިޗްވީ ދުވަހުން ފެށިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 4ވަނަ ދުވަހާއި ހަމައަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރިކަން ދާދިދެންމެއަކު ވަނީ އިއުލާންކުރެވިފައެވެ. މިކަމުގެ އިގްރާރުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރ އަހުމަދު ނަސީމެވެ.

ރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،143 އަށް އަރާފައެވެ. މީގެ ތެރެއިން 78 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 12،199 އަށް އަރާފައެވެ.

Advertisement

ކޮމެންޓް