ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވަމުންދާތީ މަޖިލީހަށް މައްސަލައެއް ހުށައަޅަނީ

07 Dec 2020 | 05:26

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމަށް އިންސާފު ލިބުން ލަސްވަމުންދާތީވެ މަޖިލީހަށް މައްސަލައެއް ހުށަހަޅަން ނިންމައިފިއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އާދަމް ޝަރީފްއެވެ.

އާދަމް ޝަރީފް ހުށަހަޅަން ނިންމާފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޔާމީން އަބްދުލްޤައްޔޫމަށް އިންސާފު ލިބުން ލަސްވުމާއި، އެކަމުގެ ސަބަބުން ރައީސް ޔާމީނަށް ނުޙައްޤު އަނިޔާތައް ލިބުމާއި އަދި އެމަނިކުފާނުގެ އެންމެހަޢި ހައްޤުތައް ގެއްލެމުންދާތީވެ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައެކެވެ.

އަދި އޭގެ އިތުރުން އަނިޔާވެރިގޮތަކަށް މަރާލާފައިވާ ރ.މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް އާއި ޑރ.އަފްރާޝީމް ޢަލީ އާއި ޔާމީން ރަޝީދާއި، މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން ގެ މަރުގެ މައްސަލަ ފަދަ މައްސަލަތައްވެސް ފާހަގަކޮށްފައިވެއެވެ.

އެގޮތުން މިފަދަ މައްސަލަތައް ނުނިމު ލަސްވަމުންދާތީއާއި، އިންސާފުލިބޭނެކަމުގެ ޔަގީންކަމެއް ނެތި އެތައް ޢާއިލާތަކެއް މާޔޫސްވެފައި ތިބިކަން އެބޭފުޅާ ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މިމައްސަލަތަކަށް އިންސާފު ލިބުން ލަސަވަމުންދާތީ މިފަދަ މައަސަލަތަކަަށް އަވަސް ޙައްލުތަކެއް ހޯދައިދީ، ތަޙަޤީޤުކޮށް ޝަރުޢީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމެއްނެތި އިންސާފު ލިބޭނެކަމުގެ އިތުބާރު ހޯދައިދިނުން އަވަސް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ދައުލަތުގެ ސަމާލުކަން ދެއްވުމަށް އެދި މަޖިލީހަށް ހުށަހަޅަން ނިންމާފައިވެއެވެ.

Advertisement

ކޮމެންޓް