މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް މިމަހުގެ 14ވަނަ ދުވަހު އަލުން ހުޅުވަނީ

08 Dec 2020 | 13:50

މިހިނގާ ޑިސެމްބަރ މަހުގެ 14ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އަލުން ހުޅުވާލުމަށް ހުއްދަދޭން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ ޑިސެމްބަރ 14ވަނަ ދުވަހުން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދުގެ ހޮޓެލް އަދި ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގެ ހުއްދަ ދެވިގެންދާނެކަމަށެވެ. މިތަންތަނަށް އަންނަ ފަތުރުވެރިން 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރު ޓެސްޓެއް ބޭނުންވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިންނަށް ދިވެހިރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލާފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 15ވަނަ ދުވަހުގައެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެ މަހަކުވެސް ދަނީ އިތުރުވަމުންނެވެ. މިގޮތުން ފަތުރުވެރިންނަށް އާދެވޭ ތަންތަނުގެ ތެރޭގައި ރިސޯޓް، ސަފާރީ އަދި ޔޮޓްގެ އިތުރުން ބައެއް ރަށްރަށުގައިވާ ގެސްޓް ހައުސްތައް ހިމެނެއެވެ.

Advertisement

ކޮމެންޓް