ކިންގްސްޓަަން: ސައިކަލް ގަންނަފަރާތްތަކަށް އަޑީތެލާއި ރޭޑިއޭޓަރ ކޫލަންޓް އެއްއަހަރަށް ހިލޭ!

09 Dec 2020 | 13:13

ދިވެހިރާއްޖެއަށް ސައިކަލް އެތެރެކޮށް ވިއްކާ ކިންގްސްޓަން ޝޯރޫމުން "ތެލާ ފެނާ" ނަމުގައި ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފެށުމަށް ހަމަޖެހިއްޖެއެވެ.

މިމަހުގެ 10ވަނަ ދުވަހުން ފެށިގެން ޖެނުއަރީމަހުގެ 10ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ކިންގްސްޓަން ޝޯރޫމުން ގަންނަ ކޮންމެ ސައިކަލެއް މި ޕްރޮމޯޝަންގައި ހިމެނޭނެއެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ސައިކަލްތަކަށް އެއް އަހަރު ދުވަހަށް ސައިކަލްގެ އަޑީތެލާއި ރޭޑިއޭޓަރ ކޫލަންޓް ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

"ވޮއިސް" އަށް މައުލޫމާތުދެއްވަމުން ކިންގްސްޓަންގެ އޮފިޝަލަކު ވިދާޅުވީ، މި ޕްރޮމޯޝަންގެ ބޭނުމަކީ ކަސްޓަމަރުން ނަންގަވާ ކޮންމެ ސައިކަލާ އެކު ދެވޭ އެއް އަހަރު ދުވަހުގެ ސަރވިސް ހިލޭދޭއިރު، ކަސްޓަމަރުންނަށް އިތުރު ލުޔެއް ފޯރުކޮށްދިނުން ކަމަށެވެ. ސައިކަލްތަކަށް އެއްއަހަރު ދުވަހުގެ ސާރވިސް ހިލޭ ދިނުމަށް ހަމަޖެހިފައިވަނީ ކިންގްސްޓަން ސާރވިސް ސެންޓަރުންނެވެ.

މީގެ އިތުރުން ކަސްޓަމަރުން ސައިކަލްގެ މެއިންޓެނަންސްއަށް އަހުލުވެރިކޮށް، ކަސްޓަމަރުންނާއި އެކުގައި އޮތް ގުޅުން ރަނގަޅުކުރުމަކީވެސް ޕްރޮމޯޝަންގެ މުހިންމު ބޭނުމެއްގެ ގޮތުގައި އޮފިޝަލް ސިފަކުރެއްވިއެވެ.

ފޯން: 7233033، 33113033

Advertisement

ކޮމެންޓް