09 Dec 2020 | 19:56
އިމްރާންއަށް އަންހެނަކު މަގުމަތިން ދިމާކޮށްފި

ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އާ އަންހެނަކު މަގުމަތިން ދިމާކޮށްލައިފިއެވެ.

އެޙާދިސާގެ ވިޑިއޯ ސޯޝަލް މީޑިޔާގައި މިހާރު ޢާންމުވަމުންދާއިރު، މިވީޑިއޯއިން ފެންނަގޮތުގައި ރައީސް އޮފީސް ކައިރިން މިނިސްޓަރ އިމްރާން ހިންގަވާފައި ވަޑައިގެންނެވިއިރު އަންހެން މީހާ ވަނީ މިނިސްޓަރ އިމްރާން އާއި އެއްވަރަށް ސައިކަލް ދުއްވަމުން ނުރުހުން ފާޅުކޮށް އަޑުގަދަ ކޮށްފައެވެ.

އިމްރާން އަރިހުގައި ސެކިއުރިޓީން ތިބިއިރު އެއަންހެން މީހާ ހުއްޓުވަން މަސައްކަތްކުރާތަން ފެނިފައެއް ނުވެއެވެ. މި ވީޑިޔޯގައި ފެންނަނީ އިމްރާން ޖިންސީ ގޯނާކުރި އަންހެނަކު ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މީގެ ކުރިންވެސް އެ އަންހެން މީހާ ވަނީ އެނާއަށް ލިބުނު ޖިންސީ ގޯނާތަކާއި އިމްރާން އޭނާއާ މެދު ކަންކުރެއްވި ގޮތްކަމަށް ތުހުމަތުކޮށް، އޯޑިއޯ މެދުވެރިކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

މިނިސްޓަރ އިމްރާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު މީހާ އެމައްސަލަ މީގެ ކުރިން ދެފަހަރެއްގެ މަތިންވަނީ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައެވެ. ނަމަވެސް އެމައްސަލަ ޖެންޑާއަށް ހުށަހެޅުމުންވެސް ބަލާފައެއް ނުވާކަމަށް މައުލޫމާތު ލިބިއެވެ.

މީގެކުރިން ލީކް ވެފައިވާ އޯޑިއޯގައި ވާހަކަދައްކަމުން އަންހެން މީހާ ބުނި ގޮތުގައި އޭނާ އާއި މިނިސްޓަރު އިމްރާން ފުރަތަމަ ބައްދަލުވީ ފޭސްބުކްންނެވެ. ފޭސްބުކްން ބައްދަލުވެގެން ރަނގަޅު ދުޢާއެއް އޮންނާނެ ކަމަށް ބުނެ ވާހަކަދައްކަން ފެށި ކަމަށާއި އޭގެ ފަހުން އިސްތިހާރާ ނަމާދު ކުރަން އެނގޭތޯ ސުވާލުކޮށް ޕާޓީގެ އޮފީހަށް ދާން ދައުވަތު ދިން ކަމަށް އަންހެން މީހާ ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.